ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-CA/426/2025/107
ޕަބްލިޝްކުރި ތާރީޚް: 10 ފެބުރުވަރީ 2025
ޕަބްލިޝްކުރި ގަޑި: 17:26
ސުންގަޑި: 19 ފެބުރުވަރީ 2025 14:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - އައްޑޫ ސިޓީ ހުޅުދޫ މީދޫގައި އެސް.ޓީ.އޯ ފިހާރަ ހިންގާ ޢިމާރާތުގެ ގްރައުންޑް ފްލޯގައި ހުސްކޮށްހުރިބައި ކުއްޔަށް ދޫކުރުން

އިޢުލާން

 

އައްޑޫ ސިޓީ ހުޅުދޫ މީދޫގައި އެސް.ޓީ.އޯ ފިހާރަ ހިންގާ ޢިމާރާތުގެ ގްރައުންޑް ފްލޯގައި ހުސްކޮށްހުރިބައި ކުއްޔަށް ދޫކުރުން

 އައްޑޫ ސިޓީ ހުޅުދޫ މީދޫގައި އެސް.ޓީ،އޯ ފިހާރަ ހިންގާ ޢިމާރާތުގެ ގްރައުންޑް ފްލޯރގައި ފިހާރަހިންގުމަށް ޝައުޤުވެރިވެލައްވާ، ރަޖިސްޓްރީ ކޮށްފައިވާ ފަރުދުންގެ ވިޔަފާރި، ކުންފުނި އަދި ޕާޓްނަރޝިޕް ތަކަށް ފުރުޞަތު ހުޅުވާލަމެވެ.

 

ބީލަމުގައި ބައިވެރިވުމާއި މަޢުލޫމާތު ޝީޓާއި ބީލަން ހުށަހަޅާ ފޯމް ދޫކުރުމާއި އަދި ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވާގޮތް ތިރީގައި އެވަނީއެވެ.

 

ތަފްޞީލް

ތާރީޚް، މުއްދަތު އަދި ގަޑި:

ބީލަމުގައި ރަޖިސްޓްރީވުން / ބައިވެރިވުން

ބީލަމުގައި ރަޖިސްޓްރީވުމަށް 300.00 (ތިން ސަތޭކަ) ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ އެއް ދައްކަވަންޖެހޭނެއެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރޭޝަން ފުރިހަމަ ކުރުމަށް، ދެވިފައިވާ މުއްދަތުގެ ތެރޭގައި ބީލަމުގައި ރަޖިސްޓްރީވުމަށް، ބީލަން ގަތުމަށް، ބީލަން ގަންނަ ފަރާތުގެ ނަން، އެޑްރެސް، ގުޅޭނެ ނަންބަރު، އީ- މެއިލް އެޑްރެސް އެނގޭނެހެން މިއިދާރާގެ [email protected]  އަށް ރިކުއެސްޓްކޮށް، ފައިސާ ޑިޕޮޒިޓް ކުރުމަށްފަހު، ފައިސާ ޖަމާކުރި ކަމުގެ ސްލިޕް މެއިލް ކުރަންވާނެއެވެ. 

12 ފެބްރުއަރީ 2025އިން

19 ފެބްރުއަރީ 2025 އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 8:00އިން 14:00އަށް

މަޢުލޫމާތު ކަރުދާސް އާއި ބީލަން ފޯމް ދޫކުރުން

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރާ ފަރާތްތަކަށް  ޢިމާރާތް ކުއްޔަށް ދޫކުރުމަށްޓަކައި ދެވޭ މަޢުލޫމާތު ކަރުދާސް އަދި ބީލަން ހުށަހަޅާ ފޯމް  މިއިދާރާއިން މެއިލް ކުރާނެއެވެ.  

 

12 ފެބްރުއަރީ 2025އިން     

19 ފެބްރުއަރީ2025 އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 8:00އިން 14:00އަށް

ބީލަން ހުށަހެޅުން

ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ އައްޑޫ ސިޓީ ކައުންސިލް އިދާރާ، އަދި އައްޑޫސިޓީ މީދޫ އަވަށު އޮފީހުގައެވެ. 

 

26 މާރޗު 2025ވާ

ބުދަ ދުވަހުގެ 10:00

 މި ޢިމާރާތް ކުއްޔަށް ދޫކުރުމާއި ގުޅޭ މަޢުލޫމާތާއި ހުށަހެޅޭ ބީލަންތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. އަދި މި ފިހާރައިގެ މިންތައް އެގޭނޭ  ޗާޓުތައް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.  މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މި އިދާރާގެ ނަންބަރު 6885003 ފޯނަށް އަދި މީދޫ އަވަށު އޮފީސްގެ ނަންބަރ 6895730 ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

     ވީމާ، މިކަން އާންމުކޮށް އިޢުލާނުކުރީމެވެ.

11 ޝަޢްބާން 1446

10 ފެބުރުއަރީ 2025

10 ފެބުރުވަރީ 2025