ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)415/415/2025/38
ޕަބްލިޝްކުރި ތާރީޚް: 10 ފެބުރުވަރީ 2025
ޕަބްލިޝްކުރި ގަޑި: 14:14
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީކުރުމާއި ގުޅޭ.

އިޢުލާން

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީކުރުމާއި ގުޅޭ.

19 މޭ 2024 ގެ ފަހުން އަލަށް ރަޖިސްޓްރީ ކުރުމަށް ހުޅުވާލި މިއިދާރާގެ ނަންބަރު (IUL)415/415/2024/113 (22 މެއި 2024) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަނުވާ ފަރާތްތަކާއި އަލަށް ރަޖިސްޓްރީ ވުމަށް އެދޭ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާ ވާހަކަ ދަންނަވަމެވެ.

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން ފިޠުރު ޒަކާތާއި މުދަލު ޒަކާތް ބެހުމަށް ދަފްތަރު ފައިނަލް ކުރުމުގައި ބަލާނެ މުއްދަތު ތިރީގައި މިވަނީއެވެ.

ޒަކާތުގެ ބާވަތް

ދަފްތަރުގައި ރަޖިސްޓްރީވުމުގެ ސުންގަޑި

ފިޠުރު ޒަކާތް

އެ އަހަރެއްގެ ރަމަޟާން މަހުގެ 1 ވަނަ ދުވަހުގެ ކުރިން 

މުދަލު ޒަކާތް

އެ އަހަރެއްގެ ޙައްޖުމަހުގެ 1 ވަނަ ދުވަހުގެ ކުރިން

 

ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމުގައި ބޭންކުން ފުރިހަމަކުރަންޖެހޭ ބައެއް އޮތުމުން މިއީ ވަގުތު ބޭނުންވާނެ ކަމެކެވެ. ކުރިން ދުރާލާ ވަގުތު އޮއްވައި ފޯމުގައި ފުރިހަމަ ކުރަންޖެހޭ ބައިތައް ފުރިހަމަކުރުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތަކާއިއެކު ފޯމު ހުށަހެޅުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ދަންނަވަމެވެ.

ވީމާ، ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު މޯލްޑިވްސް ޒަކާތް ހައުސް އިން ކަނޑައަޅާފައިވާ މުއްދަތުގެ 5 ދުވަސް ކުރިން ދަފްތަރުގައި ރަޖިސްޓްރީކުރުމަށް ފޮނުވުމަށްޓަކައި މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މި ތާރީޚުގެ ފަހުން ހުށަހަޅާ ފޯމުތައް ވެސް ދަފްތަރުކުރުމަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސްއަށް ފޮނުވޭނެ ވާހަކަ ދަންނަވަމެވެ. ނަމަވެސް މި މުއްދަތުގެ ފަހުން ހުށަހަޅާ ފޯމުތައް ދަފްތަރުގައި ރަޖިސްޓްރީކުރުމަށް ސުންގަޑިއަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސްއަށް ފޮނުވުމަށް ދަތިތަކާއި ކުރިމަތިވުން އެކަށީގެންވާތީ މި ތާރިޚުގެ ކުރިން ފޯމު ހުށަހެޅުމަށް ސަމާލުކަން ދެއްވުން އެދެމެވެ. ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު 08:30 އިން 14:00 އަށް މިއިދާރާގެ ކައުންޓަރުންނެވެ.

10 ފެބްރުއަރީ 2025

10 ފެބުރުވަރީ 2025