ވަޒީފާގެ ފުރުޞަތު
ނަންބަރު: HRTD-MPL/2015/115
ޕަބްލިޝްކުރި ތާރީޚް: 03 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 14:13
ސުންގަޑި: 10 އޮގަސްޓް 2015 15:00
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް އައި.ޓީ އޮފިސަރ

މަޤާމު:

އެސިސްޓެންޓް އައި.ޓީ އޮފިސަރ

ބޭނުންވާ އަދަދު:

01

މުސާރަ:

  • 4599.00 ރުފިޔާ (ހަތަރު ހާސް ފަސް ސަތޭކަ ނުވަދިހަ ނުވަ ރުފިޔާ)
  • އިތުރުގަޑީގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ސަރވިސް އެލަވަންސް:

2310.00 ރުފިޔާ (ދެ ހާސް ތިން ސަތޭކަ ދިހަ ރުފިޔާ)

 

އޮފީސް:

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

ޑިޕާރޓްމަންޓް:

އައިޓީ ޔުނިޓް

މަޤާމުގެ ޝަރުޠު:

  • އައިޓީ ޓެކްނިކަލް ދާއިރާއިން ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 4 ގެ ފާހެއް އޮތުމާއެކު މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން އަދި ކުރެވޭ އިންޓަވިއުން ފާސްވުން. ނުވަތަ،
  • ޖީ.ސީ.އީއޯ ލެވަލް އިމްތިޙާނުން ކޮމްޕިއުޓިން ހިމަނައިގެން 3 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން އަދި ދިވެހިންނާއި އިނގިރޭސިން "ސީ" ފާސް ލިބިފައިވުން
  • ޓްރަބަލް ޝޫޓިން ސޮފްޓްވެއަރ، ހާޑްވެއަރ އަދި ނެޓްވާރކް ފެރިފެރަލް ތަޖުރިބާ ލިބިފައިވާ މީހަކަށްވުން.
  • މައިކްރޮސޮފްޓް އޮފީސް ޕެކޭޖްތައް ރަނގަޅަށް ބޭނުން ކުރަން އެނގުން
  • ކަންކަމުގައި އަމިއްލަ އަށް އިސްނަގައިގެން މަސައްކަތް ކުރުމާއި މަސައްކަތް ދަސްކުރުމުގެ ޝައުޤުވެރި ފަރާތަކަށްވުން
  • އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައި ވުން
  • ވޭތުވެދިޔަ 5 އަހަރު ޖިނާއީ އެއްވެސް ކުށެއް ސާބިތު ވެފައިވާމީހަކު ކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބެލެމުންދާ މީހަކު ކަމުގައި ނުވުން

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މަޤާމަށްއެދި ހުށަހަޅާ ސިޓީ (ސިޓީގައި އިއުލާން ނަންބަރާއެކު)
  • މުއްދަތުހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ފަރާތެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން
  • ޕޮލިސް ރިޕޯޓު (މަސައްކަތަށް ހޮވުމުން)

ސުންގަޑި

މި މަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، ވަޒީފާއަށް އެދި ފޮނުވާ ސިޓީއާއި ވަނަވަރު އަދި އެކުގައި ހުށަހަޅުއްވަންޖެހޭ ލިޔުންތަކާއެކު 10 އޮގަސްޓު 2015 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން ޕޯސްޓް ބިލްޑިންގގެ 3 ވަނަ ފްލޯރއަށް ވަޑައިގެން އެޗްއާރ ޑިޕާޓްމަންޓަށް ހުށަހެޅުއްވުން އެދެމެވެ. ސިޓީއުރައިގެ ބޭރުގައި "ވަޒީފާއަށް އެދި" މިހެން ޖައްސަވަންވާނެއެވެ. 

އިތުރު މަޢުލޫމާތު:

މި މަޤާމުތަކަށް އެދި ސިޓީ ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު އަދި ލިޔެކިޔުންތަށް ހަމަނުވާ ފަރާތްތަކުގެ ސިޓީތައް ބާޠިލު ކުރެވޭނެއެވެ. އަދި އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް އެދި ސިޓީ ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. ސިޓީ އެޑްރެސްކުރައްވާނީ:

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

ފޯނު: ،3009271 ފެކްސް: 3321559 

03 އޮގަސްޓް 2015