ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)423/423/2025/10
ޕަބްލިޝްކުރި ތާރީޚް: 10 ފެބުރުވަރީ 2025
ޕަބްލިޝްކުރި ގަޑި: 09:21
ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަދުރު ބެހުމާއި ގުޅޭ

1446 ވަނަ އަހަރު ރަމަޟާންމަހަށް ޚާއްސަކޮއްގެން ބަހަން ހަމަޖެހިފައިވާ ކަދުރު ބެހުން 12 ފެބުރުއަރީ 2025 ވަނަ ދުވަހުންފެށިގެން ފެބުރުއަރީ 2025 ގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހަކު 10:00 ން 12:00 އަށް ކަދުރު ބެހުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، ކޮންމެ ގޭބިސީއަކުން ގދ.ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާއަށް ވަޑައިގެން ކަދުރާއި ޙަވާލުވުން އެދެމެވެ. އަދި، ވަޑައިގަންނަވާއިރު އެ ގޭގެ ކަރަންޓް މީޓަރ ނަންބަރ އެގޭނެފަދަ ރަސްމީ ލިއުމަކާއި ކަދުރާއި ޙަވާލުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަން ވާނެއެވެ. އަދި ކަދުރު ދޫކުރެވޭނީ އިސްލާމިކް މިނިސްޓްރީން ކަދުރު ބެހުމަށް ކަނޑައަޅާފައިވާ މިންގަނޑާ އެއްގޮތަށެވެ.

އަދި، ކޮންމެ ގޭބިސީއަކަށްވެސް ދޫކުރެވޭނީ 1 (އެކެއް) ކިލޯ ކަދުރެވެ. މިގޮތުން ކަދުރު ހުސްވަންދެން ބަހަމުން ގެންދާނެ ވާހަކަވެސް ދެންނެވީމެވެ.

މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

10 ފެބުރުވަރީ 2025