ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)415/415/2025/36
ޕަބްލިޝްކުރި ތާރީޚް: 09 ފެބުރުވަރީ 2025
ޕަބްލިޝްކުރި ގަޑި: 09:01
ސުންގަޑި:
19 ފެބުރުވަރީ 2025 21:00
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރައްޔިތުންނާއި ބައްދަލުކުރުން
އިޢުލާން
ރައްޔިތުންނާއި ބައްދަލުކުރުން
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ނަންބަރު 07/2010 ގެ 107 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ކޮންމެ އަހަރަކު ފެބުރުއަރީ މަހުގައި ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ ބައްދަލުވުން 19 ފެބުރުއަރީ 2025 ވާ ބުދަދުވަހުގެ ރޭ 21:00 ގައި އޮންނާނެއެވެ.
ވީމާ، މި ބައްދަލުވުން ފޭސްބުކް ލައިވް ކުރެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
09 ފެބުރުވަރީ 2025