ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 222-AH/INDIV/2015/35
ޕަބްލިޝްކުރި ތާރީޚް: 03 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 12:09
ސުންގަޑި: 18 އޮގަސްޓް 2015 15:00
ޑިޕާޓްމަންޓް އޮފް ހެރިޓޭޖް
ދިވެހިރާއްޖެ
ޑިރެކްޓަރ ޖެނެރަލް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ޑިރެކްޓަރ ޖެނެރަލް

މަޤާމް:

އީ. އެކްސް. 5 (އެގްޒެކެޓިވް 5) 

މަޤާމުގެ ރޭންކް:

ޑިރެކްޓަރ ޖެނެރަލް

މަޤާމުގެ ކްލެސިފިކޭޝަން:

ޑިޕާޓްމަންޓް އޮފް ހެރިޓޭޖް

ސެކްޝަން:

މަހަކު -/13،890 ރުފިޔާ

މުސާރަ:

މަހަކު -/2،000 ރުފިޔާ

ސަރވިސް އެލަވަންސް:

1 (އެކެއް)

ބޭނުންވާ އަދަދު:

ޑިޕާޓްމަންޓް އޮފް ހެރިޓޭޖް/ ކ. މާލެ

މަޤާމު އޮތް އޮފީސް:

ޑިޕާޓްމަންޓް އޮފް ހެރިޓޭޖް /ކ. މާލެ

ވަޒީފާ އަދާކުރަންޖެހޭ ތަން/ރަށް:

ހެނދުނު 8:00 ން 15:00 އަށް

ރަސްމީ މަސައްކަތު ގަޑި:

ދާއިމީ

ވަޒީފާގެ ގިންތި:

- މަޤާމުގެ  މަސައްކަތާ  ގުޅޭ  ދާއިރާއަކުން  (ތިރީގައި ބަޔާންކުރެވިފައި)  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި (ތިރީގައި ބަޔާންކުރެވިފައި) 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- މަޤާމުގެ  މަސައްކަތާ  ގުޅޭ  ދާއިރާއަކުން  (ތިރީގައި ބަޔާންކުރެވިފައި)  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި (ތިރީގައި ބަޔާންކުރެވިފައި) 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (ތިރީގައި ބަޔާންކުރެވިފައި) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާތައް:  އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް، އާކިއޮލޮޖީ، ހެރިޓޭޖް މެނޭޖްމަންޓް، ކޮންޒަރވޭޝަން މެނޭޖްމަންޓް، އާކިޓެކްޗަރަލް ކޮންޒަރވޭޝަން، ކަލްޗަރަލް ސްޓަޑީޒް، ހިސްޓްރީ، ހެރިޓޭޖް ސްޓަޑީޒް، ކަލްޗަރަލް ހެރިޓޭޖް، ހެރިޓޭޖް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް،  މިއުޒިއަމް މެނޭޖްމަންޓް

 

 

 

މަޤާމުގެ ޝަރުޠު:

- ޑިޕާޓްމަންޓް  އޮފް ހެރިޓޭޖް ހިންގުމުގައި ކުރަންޖެހޭ އެންމެހައި ކަންތައްތައް ޒަމާނީ އުސޫލުތަކާއެއްގޮތަށް ރާވައި ހިންގުމާއި، އެކަންކަން ކުރެވޭނޭ މަގުފަހިކޮށްދިނުން.

- ރާއްޖޭގެ ތަރިކަ ޙިމާޔަތްކޮށް ރައްކައުތެރިކުރުމަށް އެކަށައެޅޭ އުސޫލުތަކާ އެއްގޮތަށް ކަންކަން ރާވައި ހިންގުން.

- ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމަށް ކަނޑައަޅާފައިވާ ޤާނޫނާއި ޤަވާޢިދުގެމަތީން ފައިސާއާބެހޭ މުޢާމަލާތްތައް ހިންގައި ބެލެހެއްޓުން.

- ޑިޕާޓްމަންޓުގެ ސެކްޝަން ހެޑުންގެ މަސައްކަތްތައް ސުޕަވައިޒްކުރުމާއި، އޮފީހުގެ ހުރިހާ މުވައްޒަފުން ދިވެހި ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާ އެއްގޮތަށް ޢަމަލުކުރަމުންދޭތޯ ބެލުމާއި، ޢަމަލުކުރަންޖެހޭ އެހެނިހެން ޤާނޫނާއި ޤަވާޢިދާއި އުސޫލުތަކާ އެއްގޮތަށް ޢަމަލުކުރަމުންގެންދޭތޯ ބެލުން.

- ޑިޕާޓްމަންޓް ހިންގުމަށް ބޭނުންވާ ވަޞީލަތްތައް ހޯދުމާއި، އެ ވަޞީލަތްތައް އެންމެ ފައިދާހުރިގޮތަށް ބޭނުންކުރެވެމުންދޭތޯ ބެލުން.

- އެހިނދަކަށް އެހީތެރިކަމަށް ބޭނުންވާ އޮފީހުގެ މަސައްކަތްތަކުގައި އެހީތެރިވެދިނުން.

 

 

 

މަޤާމުގެ މަސްއޫލިއްޔަތު:

- މަޤާމުގެ މަސައްކަތްތަކާ ގުޅިގެން ދެވޭ އެހެނިހެން އެލަވަންސާއި ޢިނާޔަތްތައް ދެވޭނެއެވެ. (މީގެ ތެރޭގައި، ފޯނު އެލަވަންސަށް މަހަކު 500 ރުފިޔާ ދެވޭނެއެވެ.)

އުޖޫރައާއި ޢިނާޔަތްތައް:

- ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް، މި ޑިޕާޓްމަންޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ފޯމްގެ ސޮފްޓް ކޮޕީއެއް ބޭނުންވާ ފަރާތްތަކަށް، އެކަމަށް އެދި [email protected] އަށް މެއިލްކުރުމުން، ފޯމް ފޮނުވައިދެވޭނެއެވެ.)

- އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

- ކޯހެއްގެ ސެޓްފިކެޓް ލިބިފައިނުވާނަމަ، ކޯސް ހެދި ތަނަކުން، ކޯސް ނިންމިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެ ކޯހެއް އެކްރެޑިޓްކުރެވޭ ލެވެލް ބަޔާންކޮށްދޭ ލިޔުމުގެ ކޮޕީ.

- ވަޒީފާގެ ދާއިރާއާ ގުޅުންހުރި ތަމްރީނެއް ފުރިހަމަކޮށްފައިވާނަމަ، އެކަމުގެ ލިޔުމުގެ ކޮޕީ.

- ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ޑިޕާޓްމަންޓް އޮފް ހެރިޓޭޖުގެ ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

- ވަޒީފާއެއްގައި އުޅެފައިވާ ނުވަތަ އުޅޭ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުންތަކުގެ ކޮޕީ (މުއްދަތާއި، ވަޒީފާ އަދާކުރަން ފެށި އަދި ވަކިވި ދުވަސް/މަސް/އަހަރު ސާފުވާނެގޮތަށް)

- ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށްފައި ހުށަހަޅާ ސެޓްފިކެޓްތައް (އެކްރެޑިޓްކޮށްފައި ނުވިނަމަވެސް) ސިވިލް ސަރވިސް މަޤާމްތަކުގެ އަސާސީ ޝަރުޠު ފުރިހަމަކުރުމުގައި ބެލެވޭނެ.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކޮށްފައިވާ ނަމޫނާއާ އެއްގޮތަށް ނުވަތަ ނަމޫނާގައިވާ މަޢުލޫމާތު ހިމަނައިގެން ތައްޔާރުކޮށްފައިވާ)

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމް (މި ފޯމް، ވަޒީފާއަށް އެދޭ ފޯމާއެކު ލިބެން ހުންނާނެ)

 

 

 

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއާއި ޕްރެޒެންޓޭޝަން އޮންނާނެ ތާރީޚާއި، ތަނާއި، އެކަމާ ގުޅޭ މަޢުލޫމާތު، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 10 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

އިންޓަރވިއު ކުރުމާއި /ޕްރެޒެންޓޭޝަން ބޭއްވުން:

- ހެރިޓޭޖްގެ ދާއިރާގެ ސަނަދުތަކަށް އިސްކަންދެވޭނެ.

- ހެރިޓޭޖްގެ ދާއިރާގެ މަސައްކަތުގެ ތަޖުރިބާއަށް އިސްކަންދެވޭނެ.

- ހިންގުމުގެ ހުނަރާއި ޤާބިލްކަމާއި ސިފަތައް.

- ރާއްޖއިން ބޭރުގައި ޑިޕާޓްމަންޓް އޮފް ހެރިޓޭޖް ތަމްސީލްކޮށްދިނުމުގެ ޤާބިލްކަން ހުރުން.

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ވަޒީފާށް އެދި ހުށަހެޅިފައިވާ ހުށަހެޅުންތައް، ވަޒީފާއަށް ޢައްޔަނުކުރުމުގެ ޝަރުޠުތަކާއި، އިޢުލާނުގައިވާ އަސާސީ ޝަރުޠުތައް ފުރިހަމަވޭތޯ ސްކްރީން ކުރެވޭނެއެވެ. މިގޮތުން، ޝަރުޠު ފުރިހަމަނުވާ ހުށަހެޅުންތައް ވަކިކޮށް، ނުހޮވޭ ފަރާތްތަކަށް، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 10 ދުވަހުގެ ތެރޭގައި ލިޔުމުން އެންގޭނެއެވެ.

ސްކްރީން ކުރުން:

ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމާއި، ތަޖުރިބާއާއި، މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު ޝޯޓްލިސްޓް ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓް ނުކުރެވޭ ފަރާތްތަކަށް،  އިޢުލާންގެ މުއްދަތު ހަމަވާތާ މަސައްކަތު 10 ދުވަހުގެ ތެރޭގައި ލިޔުމުން އެންގޭނެއެވެ.

ޝޯޓްލިސްޓް ކުރުން:

2015 އޮގަސްޓު 18 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 15:00 ގެ ކުރިން ޑިޕާޓްމަންޓް އޮފް ހެރިޓޭޖަށް (ޤައުމީ ދާރުލްއަސާރު، ޗާންދަނީމަގު)

ވަޒީފާއަށް އެދޭ ފޯމް ފޮނުވަންވީ މުއްދަތު ހަމަވާ ތާރީޚު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3340207 ނަންބަރު ފޯނަށް ނުވަތަ 3323206 ނަންބަރު ފޯނަށެވެ. ފެކްސް ނަންބަރަކީ 3326796 އެވެ.

އިތުރު މަޢުލޫމާތު:

18 ޝައްޥާލް 1436

03 އޮގަސްޓް 2015