ދިވެހިރާއްޖެ
ނަންބަރު: A/IUL/344/2025/05
އިޢުލާން
އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ 4 ވަނަ މަދަޙަ މުބާރާތް 1446
މިކައުންސިލްގެ 4 ވަނަ މަދަޙަ މުބާރާތް 12 މާރޗް 2025 އިން 15 މާރޗް 2025 އަށް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.
މަދަޙަ މުބާރާތުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރުއްވުމަށް ފަހު، 2025 ފެބުރުއަރީ 27 ވަނަ ދުވަހުގެ 14:00 ކުރިން މި ކައުންސިލްގެ އިދާރާއަށް ނުވަތަ މިކައުންސިލްގެ އީ.މެއިލް ([email protected]) މެދުވެރިކޮށް ހުށައެޅުއްވުން އެދެމެވެ.
މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ރަސްމީގަޑީގައި މި އިދާރާއިން ލިބެންހުންނާނެއެވެ. އަދި މި މުބާރާތުގެ ޤަވާއިދާއި ބައިވެރިވުމަށް އެދޭފޯމް މި އިޢުލާނާއިއެކު ޑައުންލޯޑް ކުރެވެންހުންނާނެއެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.