ދިވެހިރާއްޖެ
1ޤައުމީ ފިލްމް އެވޯޑްސް 6 އަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު
ޤައުމީ ފިލްމު އެވޯޑްސް 6 އަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުމަށް މި ސެންޓަރުން ކޮށްފައިވާ ނަންބަރު IUL)177-A2/1/2015/22) (ތާރީޚު:02 ޖުލައި 2015) އިޢުލާނުގައި ފޯމު ހުށަހެޅުމަަށް ބަޔާންކޮށްފައިވާ މުއްދަތު އިތުރުކޮށް އަލުން އިޢުލާން ކުރަމެވެ.
ޤައުމީ ފިލްމް އެވޯޑްސް 6 މިއަހަރު އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މި ފިލްމް އެވޯޑްސްގައި ފިލްމް ބައިވެރި ކުރުމަށް އެދޭ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު 1 ޖުލައި 2015 އިން ފެށިގެންވަނީ ހުޅުވާލެވިފައެވެ. އަދި ފޯމު ބަލައިގަތުމުގެ ސުންގަޑި 20 އޮގަސްޓު 2015 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ނިޔަލަށް ވަނީ އިތުރުކުރެވިފައެވެ.
ވީމާ، މިވާހަކަ އާންމުކޮށް އިޢުލާން ކުރީމެވެ. އަދި ދަންނަވަމެވެ. ފޯމު ލިބެން ހުންނާނީ ނެޝަނަލް ސެންޓަރ ފޮ ދި އާޓްސްގެ ކައުންޓަރުންނެވެ.
14 ޝައްވާލް 1436