ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)306/306/2025/8
ޕަބްލިޝްކުރި ތާރީޚް: 09 ފެބުރުވަރީ 2025
ޕަބްލިޝްކުރި ގަޑި: 14:37
ސުންގަޑި: 17 ފެބުރުވަރީ 2025 14:00
މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެބްރުއަރީ މަހު ރައްޔިތުންނާއި ބައްދަލުކުރުމާއި ގުޅޭ

އިޢުލާން

              ފެބްރުއަރީ މަހު ރައްޔިތުންނާއި ބައްދަލުކުރުމާއި ގުޅޭ

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމާބެހޭ ޤާނޫނުގައިވާ ގޮތުގެ މަތިން ފެބްރުއަރީ މަހު ރައްޔިތުންނާއި ބައްދަލުކުރުމަށް ބާއްވާ ބައްދަލުވުން 2025 ފެބްރުއަރީ 18 ވާ (އަންގާރަ) ދުވަހުގެރޭ 20:30 ގައި ޤުރްޢާން ކްލާހުގައި ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި ވޭތުވެ ދިޔަ އަހަރުގެ އަހަރީ ރިޕޯޓާއި މާލީ ރިޕޯރޓް ރައްޔިތުންނާއި ޙިއްސާކުރެވޭނެއެވެ. އަދި މި ރިޕޯރޓްތައް ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުޞަތު ކައުންސިލް އިދާރާގައި ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.

ވީމާ، މިބައްދަލުވުމަށް އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދައުވަތު އަރުވަމެވެ. ބައްދަލުވުމުގެ އެޖެންޑާ މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

           މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

09 ފެބުރުވަރީ 2025