ދިވެހިރާއްޖެ
އިޢުލާން
ވަގުތީ އިމާމުންގެ ޕޫލް އެކުލަވާލުމަށް، އިމާމުން ހޯދުމަށް
|
|
ތިނަދޫ ސިޓީ މިސްކިތްތަކުގެ އިމާމުންނާއި މުދިމުން ޗުއްޓީ ނުވަތަ ސަލާމް ބުނުމުން، ބަދަލުގައި މުވައްޒަފުން ހަމަޖެއްސުމަށް ވޭޖު އެމްޕްލޯއިމަންޓް އުޞޫލުން މިހާރު އެކުލަވާފައިވާ ޕޫލް ބާޠިލުކޮށް، އަލުން ޕޫލް އެކުލަވާލުމަށްޓަކައި މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް މި ފުރުޞަތު ހުޅުވާލަމެވެ. |
|
މަޤާމު: |
އިމާމް / މުދިމް |
މަޤާމުގެ ގިންތި އާއި މުއްދަތު |
ވަގުތީ ( 1 އަހަރު ) |
މަސައްކަތުގެ ޝަރުޠު: |
އިމާމްވެ ނަމާދުކުރަން އެނގޭ އަދި އިމާމުވެ ނަމާދު ކުރެވޭވަރަށް ތަޖުވީދު މަގުން ކީރިތި ޤުރުއާން ކިޔަވަން އެނގޭ މީހަކަށްވުން. |
މަސައްކަތުގެ އުޖޫރަ: |
- މަސައްކަތާ ގުޅޭ ދާއިރާއަކުން ސަނަދެއް އޮތްބޭފުޅެއްނަމަ ކުރާ ކޮންމެ ނަމާދަކަށް 61.00 ރުފިޔާގެ ރޭޓުން. - މަސައްކަތާއި ގުޅޭ ދާއިރާއެއްގެ އެއްވެސް ސަނަދެއް ނެތްނަމަ ކުރާ ކޮންމެ ނަމާދަކަށް 53.00 ރުފިޔާގެ ރޭޓުން. |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
- ތިނަދޫ ސިޓީ ކައުންސިލް އިދާރާ ، އިކޮނޮމިކް ޑެވެލޮޕްމެންޓް ސެކްޝަނުގެ މިސްކިތު މުވައްޒަފުންގެ ގޮތުގައި އަދި ސެކްޝަނުން ހަވާލުކުރާ ކޮންމެ މިސްކިތަކާއި ޙަވާލުވެ އެ މިސްކިތުގާ އިމާމްވެ ނަމާދުކުރުން. |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
|
ހުށަހަޅަންޖެހޭ ލިޔުންތައް |
|
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 19 ފެބްރުވަރީ 2025 ގެ 14:00 ގެ ކުރިން، ތިނަދޫ ސިޓީ ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ 05 ފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. |
އިންޓަރވިއު (އެސެސްމަންޓް،އިމްތިޙާން ނުވަތަ ޕްރެޒެންޓޭޝަން ) އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،20 ފެބްރުއަރީ 2025 އާއި 28 ފެބްރުއަރީ 2025 އާއި ދެމެދު، ތިނަދޫ ސިޓީ ކައުންސިލް އިދާރާގައެވެ. |
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގެ ނޯޓިސް ބޯޑުގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6841718 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. |
10 ޝަޢުބާން 1446