ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)420-PM/420/2025/17
ޕަބްލިޝްކުރި ތާރީޚް: 09 ފެބުރުވަރީ 2025
ޕަބްލިޝްކުރި ގަޑި: 14:01
ސުންގަޑި: 27 ފެބުރުވަރީ 2025 14:00
ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރީން ނާރެސް ޕޯޓަލްގައި ރަޖިސްޓްރީ ވުމާއިގުޅޭ

             ބިދޭސީ މަސައްކަތްތެރިންގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ސަރުކާރުން ކުރިއަށްގެންދާ " އޮޕަރޭޝަން ކުރަނގި" ގެ ދަށުން ރަތަފަންދޫގައި ދިރިއުޅޭ ބިދެސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް މިކައުންސިލުން މިދަނީ ކުރަމުންނެވެ. އެހެންކަމުން، ބިދޭސީން ގެންގުޅުއްވާ ފަރާތްތަކުން އެފަރާތެއްގެ ހަވާލުގައިވާ ބިދޭސީންގެ މައުލޫމާތު އަދާހަމަ ކުރުމަށްޓަކައި 2025 ފެބްރުއަރީ 27 ވަނަ ދުވަހުގެ ކުރިން މިއިދާރާއަށް ފޮނުއްވައިދެއްވުން އެދެމެވެ.

             މިމަސައްކަތް ކުރިއަށްދާނީ 2025 ފެބްރުއަރީ 10 އިން 2025 ފެބުރުއަރީ 27 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަނދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން 14:00 އަށް ރަތަފަންދޫ ކައުންސިލްގެ އިދާރާގައެވެ. މި މުއްދަތުގެ ތެރޭގައި ރަށަށް ގެނެވޭ ބިދޭސީންވެސް މި ކައުންސިލްގައި ރަޖިސްޓަރީ ކުރަންވާނެއެވެ. ރަޖިސްޓްރީވުމަށް ބިދޭސީން ފޮނުއްވާއިރު، އެފަރާތުގެ ޕާސްޕޯޓާއި ވޯކްޕާރމިޓް ހިފައިގެން ދުރުވުމަށް ދަންނަވައިދެއްވުން އެދެމެވެ. އަދި އެއްވެސް ލިޔެކިޔުމެއް ނެތްނަމަވެސް މައުލޫމާތު އަދާހަމަ ކުރުމަށް އެފަދަ ފަރާތްތައް ފޮނުއްވާދެއްވުމަށްވެސް ދަންނަވަމެވެ.

             މަތީގައި ބަޔާންކޮށްފައިވާ މުއްދަތުގައި މަޢުލޫމާތު ހުށަނާޅާ ފަރާތްތަކާއި ޤަވާއިދާއި ޚިލާފަށް އުޅޭކަމަށް ފާހަގަ ކުރެވޭ ބިދޭސީންގެ މަޢުލޫމާތު ކަމާއިބެހޭ މުވައްޞަސާތަކަށް ހުށަހަޅައި، އެފަރާތްތަކާއިމެދު ޤަވާއިދުން ފިޔަވަޅު އެޅޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

             ވީމާ، މި ކަން އާންމުކޮށް އަންގައި ޢިއޫލާންކުރީމެވެ.

09 ފެބުރުވަރީ 2025