ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)10-MO/10/2025/08
ޕަބްލިޝްކުރި ތާރީޚް: 09 ފެބުރުވަރީ 2025
ޕަބްލިޝްކުރި ގަޑި: 10:37
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކުޑަކުދިންގެ ޝެލްޓަރ ނުވަތަ ހާފްވޭ ހައުސް ޤާއިމްކުރުން
އިޢުލާން
ޤާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު) ގެ 80 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ، ކުޑަކުދިންގެ ޝެލްޓަރ ނުވަތަ ހާފްވޭ ހައުސް 2025 ޖަނަވަރީ 30 ވަނަ ދުވަހު ހއ.ހޯރަފުށީގައި ވަނީ ޤާއިމްކުރެވިފައެވެ. މި ސެންޓަރު ހިނގަމުންދާނީ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް / ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާގެ ބެލުމުގެ ދަށުންނެވެ.
ވީމާ، ޤާނޫނު ނަންބަރު 2013/13 (އެންޓި ޓޯޗަރ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން މިކަން ޢާއްމުކޮށް އަންގައި، އިޢުލާންކުރީމެވެ.
09 ފެބުރުވަރީ 2025