ދިވެހިރާއްޖެ
މާލޭގެ މަގުތައް ބަންދުކުރެވިފައިވާގޮތް ބެލޭނެ މޯބައިލް އެޕްލިކޭޝަނެއް ޑިވެލޮޕްކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ:
މާލޭގެ މަގުތައް ބަންދުކުރެވިފައިވާގޮތް ބެލޭނެ މޯބައިލް އެޕްލިކޭޝަނެއް ޑިވެލޮޕްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން 05 މޭ 2015 ވަނަ ދުވަހު ކުރެވުނު ނަންބަރު IUL)138-AS6/1/2015/134) އިޢުލާނާއި މަޢުލޫމާތަށް އައި ބަދަލަކާ ގުޅިގެން، އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
ވީމާ. މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 06 އޮގަސްޓު 2015 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 12 އޮގަސްޓު 2015 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.
މި އިޢުލާނާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ 4345-300 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.
13 ޝައްވާލް 1436