ދިވެހިރާއްޖެ
ނަމްބަރު :137-IU/PR/2025/12
Project No: 137-PR/2025/W-04
އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު
މިހޮސްޕިޓަލުގެ ބެޑްލިފްޓްގެ ސްލެބް ވޯޓަރ ޕްރޫފް ކޮށްދޭނެ ފަރާތެއް ހޯދަން ކޮށްފައިވާ ނަންބަރު 137-IU/PR/2025/09 ގެ ދަށުން ހުށަހަޅާފައިވާ އަގުތައް މިހޮސްޕިޓަލުން އަންދާޒާ ކުރާ އަގުތަކަށް ވުރެ ބޮޑުވުމުން މި އިއުލާނު ބާތިލުކޮށް މިމަސއްކަތައް ޝަރުތު ހަމަވާ ފަރާތްތަކަށް އަލުން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
މަސައްކަތްތަކުގެ ތަފްސީލު
- އައި.ޖީ.އެމް.އެޗްގެ ލިފްޓްގެ މަރީގެ 16’ x 52’ ގެ ސްލެބްގެ ތަޅުން ތަޅާ ންގުން
- ބައުންޑްރީ 104’ x 32’ ވޯލްގެ ސިމެންތި ކޮޅުން
- ބައުންޑްރީ 104’ x 32’ ގައި ރާނާފައި ހުރި ބައި ތަޅާ ނަގާ އަލުން ރޭނުން
- 104’ x 32’ ބައުންޑްރީ ބަޔާއި 52’ x 16’ ޝީޓްގެ މަތި ވޯޓަރ ޕްރޫފް ކެމިކަލް ތިންކޯރޓް ލުން
- 52’ x 16’ × "3 ގެ ތަޅުމެއްއަޅާ ބައުންޑްރީ ވޯލްގައި ސިމެންތި ޖެހުން
- ތަޅުގަމާއި ބައުންޑްރީގައި ތާރަ ޕެއިންޓް ލުން
- ލިފްޓް މަތީގައި އޮތް ދުންހުޅިތައް ނަގާ އުކާލުން
- މަސައްކަތުގެ ތެރެއިން އުފެދޭ އުކާލުންޖެހޭ އެންމެހާ ތަކެތި އުކާލާ ތަން ސާފު ކުރުން
- މަތީގައި ދެންނެވުނު މަސައްކަތްތައް ކުރުމަށް ކުރަންޖެހޭ އެއްމެހައި ކަންކަން ކުރުމާއި، އެ މަސައްކަތް ކުރުމަށް ގެނެވޭ ބަދަލުތައް ކުރިން ހުރިގޮތައް ހެދުން
މައުލޫމާތު ދިނުން
މިމަސައްކަތާގުޅޭގޮތުން މައުލޫމާތުދިނުން 9 ފެބްރުއަރީ 2025 ވަނަ ދުވަހުގެ 10:00 އަށް އައި.ޖީ.އެމް ހޮސްޕިޓަލުގެ ޕްރޮކިއުމަންޓް މީޓިންގް ރޫމުގައި އޮންނާނެއެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުން ސަމާލުކަން ދޭންވީ ކަންތައްތައް
- ކޯޓޭޝަން ހުށަހަޅަންވާނީ ދީފައިވާ މަސައްކަތްތަކާއި އެއްގޮތަށް، ޖީއެސްޓީ ހިމަނައިގެންނެވެ.
- ހުށަހަޅަންޖެހޭ ތަކެތި
- އަންދާސީ ހިސާބު / މަސައްކަތްކޮށްދޭނެ އަގު، ޖީއެސްޓީ ހިމަނައިގެން.
- ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ/ ވަކި ފަރުދެއްނަމަ، އައިޑީ ކާޑުގެ ދެފުށުގެ ކޮޕީ
- ޖީ އެސް ޓީ ރަޖިސްޓްރޭޝަން ކޮޕީ (ރަޖިސްޓްރީ ކޮށްފައިވާނަމަ)
- ވޭތުވެދިޔަ 3 އަހަރު ތެރޭގައި ވަޑާމުގެ މަސައްކަތް ކޮށްފައިވާކަން، މަސައްކަތް ކުރުވި ފަރާތުން ދީފައިވާ 1 ލިޔުން
އިވެލުއޭޓް ކުރެވޭނެގޮތުގެ ތަފްސީލު
- އަގު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ ކުޑަ އަގެއް ހުށަހަޅާފަރާތްތަކަށް ފުލް މާކްސް ލިބޭގޮތައް ޕްރޯރާޓާ އުސޫލުން.
# |
ކެޓެގަރީ |
މާރކްސް |
މާރކްސް ދެވޭ އުސޫލު |
1 |
އަގު |
95 |
އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް |
3 |
ތަޖުރިބާ |
05 |
މުއްދަތު |
އަންދާސީ ހިސާބު ހުށަހަޅާނެގޮތް
ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް/ އައި.ޖީ.އެމް ހޮސްޕިޓަލް
އައި.ޖީ.އެމް.އެޗް ބެޑްލިފްޓް ސްލެބް ވޯޓަރ ޕްރޫފްކޮށްދިނުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ އިއުލާނުކަމާއި އަދި އިއުލާން ނަންބަރު ޖަހާފައި އޮންނަން ވާނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުން
- އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވަނީ 13 ފެބްރުއަރީ 2025 ވަނަ ދުވަހުގެ 11:00 ގައި އައި.ޖީ.އެމް ހޮސްޕިޓަލުގެ ޕްރޮކިއުމަންޓް ޑިޕާރޓްމެންޓްގެ އެންތޫރިއަމް މީޓިންގ ހޯލްގައެވެ. އަދި އަންދާސީ ހިސާބު ހުޅުވާނީ ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.
- ބިޑް ހުށަހަޅުއްވަން ގަޑިއަށް ހާޟިރުނުވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
ބީލަން ބާތިލް ކުރެވިދާނެ ގޮތްތައް
1- ހުށަހަޅާފައިވާ މައުލޫމާތުގައި ހަގީގަތާއި ހިލާފް މަޢުލޫމާތު ހިމަނައިފައިވުން
2- މަޢުލޫމާތު ފުރިހަމަނުވުން (މަސައްކަތުގެ ރިކުއަޔަރމަންޓަށް ނުފެތޭ ނުވަތަ ސްޕެސިފިކޭޝަން ފުރިހަމަނުވުން)
3- ޚިދުމަތްދޭފަރާތާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރިގެ އެއްވެސް ގުޅުމެއް، މިތަނުގެ ވެރިޔަކާ އޮވެ އެކަމުގެ ސާފު މައުލޫމާތު ހުށަހަޅައިފައިނުވުން.
ނޯޓު:
- ހޮސްޕިޓަލުގެ ވެބްސައިޓް އިން މި އިޢުލާން އާއިބެހޭ މައުލޫމާތުތައް ލިބިވަޑައިގަންނަވާނެއެވެ.
https://www.igmh.gov.mv/publications/tenders/
2. މިއިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތ ތިރީގައިމިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް
އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް،
ކަނބާ އައިސާރަނި ހިނގުން، މާލެ، ދިވެހިރާއްޖެ
ފޯނު: +960 3335349 ، +960 3335254
އީމެއިލް [email protected]
ކޮޕީ: [email protected]، [email protected]
7 ޝައުބާން 1446
6 ފެބްރުއަރީ 2025