ދިވެހިރާއްޖެ
އުތީމު ގަނޑުވަރު ފުރާޅު ބަދަލުލުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިކައުންސިލުން ކުރި ނަންބަރު (IUL)255/255/2025/02 ( 09 ޖެނުއަރީ 2025 ) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅުއްވާފައި ނުވާތީ ތިންވަނަ ފަހަރަށް އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި އިޢުލާނާއެކު މައުލޫމާތު ޝީޓާއި، ސްޕެސިފިކޭޝަން ޝީޓް އަދި ބީ.އޯ.ކިއު ހީރަސްކުރީމެވެ.
ވީމާ، ބިޑްގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އިޢުލާނާއެކު ހީރަސްކުރެވިފައިވާ ބިޑު ރަޖިސްޓްރޭޝަން ފޯމް ފުރިހަމަކުރެއްވުމަށްފަހު 13 ފެބްރުއަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ދެވިފައިވާ މުއްދަތުގެ ތެރޭގައި ބިޑު ރަޖިސްޓްރޭޝަން ފޯން ހުށަހަޅައިފައިނުވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ނުލިބޭނެއެވެ. އަދި، އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވެލައްވާނަމަ އެ މުއްދަތުގެ ތެރޭގައި ސާފުކުރައްވަން ބޭނުންފުޅުވާ މަޢުލޫމަތު އީމެއިލް ކުރެއްވުން އެދެމެވެ.
ބިޑް ހުށަހެޅުން އޮންނާނީ 2025 ފެބްރުއަރީ 20 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގައި ހއ.އުތީމު ކައުންސިލް އިދާރާ އާއި، ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގައެވެ.
ތިރީގައިވާ ލިޔުންތަކަކީ ކޮންމެހެން ހުށަހަޅަންޖެހޭ ލިޔުންތައް:
- ބީލަން ފޯމް
- އެސްޓިމޭޓް
- ޕްރޮފައިލް
- ކުންފުނީގެ ރަޖިސްޓްރީ
- ޖީ.އެސް.ޓީ ރަޖިސްޓްރީ
- ޓެކްސް ކްލިއަރަންސް
- އެސް.އެމް.އީ ރަޖިސްޓްރީ
- އެހެން ފަރާތަކުން ބިޑު ހުށަހެޅުމަށް ވަޑައިގަންނަވާނަމަ ޕަވަރ އޮފް އެޓާރނީ
- ޖުމުލަ އަގު 500،000.00 އައްވުރެ މަތިވާނަމަ ޖުމްލަ އަގުގެ %1 ގެ ބިޑް ސެކިއުރިޓީ
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6500038 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.