ދިވެހިރާއްޖެ
އީ.އާރު.ސީ. އިމާރާތް ފޮޅައި ސާފުކުރުމާބެހޭ:
މި މިނިސްޓްރީގެ ބެލުމުގެ ދަށުގައި ވިލިނގިލީގައި ހުންނަ އީ.އާރު.ސީ ޢިމާރާތް ކުނިކަހައި ފޮޅައި ސާފުކުރުމުގެ މަސައްކަތް، އެއް (1) އަހަރު ދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން 07 ޖޫން 2015 ވަނަ ދުވަހު ކުރެވުނު ނަންބަރު IUL)138-AS6/1/2015/149) އިޢުލާނާ ގުޅިގެން އެންމެ އެކަށީގެންވާ ގޮތުގައި މަޢުލޫމާތު ދެވިފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 09 އޮގަސްޓު 2015 ވަނަ ދުވަހުގެ މެންދުރުފަހުގެ 02:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 13 އޮގަސްޓު 2015 ވަނަ ދުވަހުގެ މެންދުރުފަހުގެ 02:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.
މި އިޢުލާނާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ 4345-300 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.
13 ޝައްވާލް 1436