ދިވެހިރާއްޖެ
ނ. މާފަރު ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި ޖަމާވެފައިވާ ދަގަނޑުގެ ބާވަތްތަކާއި ދަޅު، ފުޅި އަދި ނައްތާނުލެވޭ ޒާތުގެ ކުނިތައް ނަގާ ތިލަފުއްޓަށް އުކާލަދޭނެ ފަރާތެއް ހޯދުމަށް ކުރި މި އިދާރާގެ ނަންބަރު (IUL)290/290/2025/7 އިއުލާނާއި ގުޅިގެން ބިޑުގައި ރަޖިސްޓްރީވުމަށް ހުޅުވާލި މުއްދަތުގެ ތެރޭގައި އެއްވެސް ފަރާތަކުން ބިޑުގައި ރަޖިސްޓްރީވެފައި ނުވާތީ އެ އިއުލާން ބާތިލުކޮށް އަލުން އިއުލާން ކުރަމެވެ.
1. މި ބީލަން ހުޅުވާލެވިފައިމިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
2. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުން އޮންނާނީ، 12 ފެބްރުއަރީ 2025 ވާ ބުދަ ދުވަހުގެ 13:00 ގެ ނިޔަލަށެވެ. ރަޖިސްޓުރީކުރެއްވުމަށް "ބީލަމުގައި ރަޖިސްޓަރ ވުމަށްއެދޭ ފޯމް" ފުރުއްވާ ކައުންސިލްގެ މެއިލް އެޑްރެސް:[email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ. ފޯމް މި އިދާރާގެ ކައުންޓަރުން އަދި އިޢުލާން ލިންކުން ލިބިވަޑައިގަންނާވާނެއެވެ.
3- ބީލަމުގައި ބައިވެރިވެވޭނީ ބީލަން ހުށަހެޅުމުގެ މުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށް އެކަންޏެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން އިޢުލާނާއެކު ދީފައިވާ މަޢުލޫމާތާއި އެއްގޮތަށް 18 ފެބުރުވަރީ 2025 ވާ އަންގާރަ ދުވަހު 13:00 އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އިޢުލާނާއި ގުޅިގެން އިތުރު މަޢްލޫމާތު ސާފުކުރެއްވުމަށް [email protected] އަށް މެއިލްކުރެއްވުން ނުވަތަ 6560005 ނަންބަރަށް ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިއުލާން ކުރީމެވެ.