ދިވެހިރާއްޖެ
އިޢުލާން
މިއިދާރާއިންދޭ ކުރެހުމާއި މަޢުލޫމާތާއި އެއްގޮތަށް ޝަރފްޝެކް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދުން:
މިއިދާރާއިންދޭ ކުރެހުމާއި މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ޝަރފްޝެކް ތަރައްޤީ ކޮށްދޭނެ ފަރާތެއްހޯދުމަށްވަނީ ބޭނުންވެފައެވެ.
މި މަސައްކަތް ކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤްވެރިވެލައްވާ ފަރާތްތަކުން 2025 ފެބްރުއަރީ 05 ވާ ބުދަ ދުވަހުންފެށިގެން 2025 ފެބްރުއަރީ 13 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ގެޒެޓްކުރެވިފައިވާ ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަކުރެއްވުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުން ނުވަތަ ރަޖިސްޓްރޭޝަން ފޯމް މިއިދާރާގެ ކައުންޓަރުންނަންގަވާ ފުރިހަމަކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ.
މި މަސައްކަތަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް 2025 ފެބްރުއަރީ 16 ވަނަ ދުވަހުގެ 13:00 ގައި މިއިދާރާގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުން ކުރިއަށް ގެންދެވޭނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2025 ފެބްރުއަރީ 26 ވަނަ ދުވަހުގެ 13:00 އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ބީލަން ހުންނަންވާނީ ސިޓީއުރައިގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުށަހަޅަން ކަނޑައެޅިފައިވާ ތާރީޚާއި ގަޑި އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.
އިވެލުލުވޭޝަން ކްރައިޓީރިއާ
- މަސައްކަތްކުރުމަށް ހުށަހަޅާ އަގު: %70 (ހަތްދިހަ) ޕޮއިންޓް (އެންމެ ކުޑަ އަގަކީ ބެންޗްމާކު ކަމުގައި ބަލައިގެން)
- މުއްދަތަށް: (ދިހައެއް) ޕޮއިންޓް (އެންމެ ކުރު މުއްދަތަކީ ބެންޗްމާކު ކަމުގައި ބަލައިގެން)
- މަސައްކަތުގެ ތަޖުރިބާ: %20 (ވިހި) ޕޮއިންޓް (މޫދުގައި ކޮށްފައިވާ މިފަދަ މަސައްކަތުގެ ތަޖުރިބާގެ ލިޔުމަކަށް 20 ޕޮއިންޓް އަދި މިބާވަތުގެ އެހެނިހެން މަސައްކަތްތަކަށް ކޮންމެ ލިޔުމަކަށް 5 ޕޮއިންޓެވެ.)
ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢުލާނުކުރީމެވެ.