ދިވެހިރާއްޖެ
ބަދިގެ ބާކީއާއި ކަރުގޮހޮރު އަޅާ ސަރަހައްދު ގާއިމްކޮށްދޭނެ ފަރާތެއް ހޯދުން
މި ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ބަދިގެ ބާކީއާއި ކަރުގޮހޮރު އަޅާނެ ސަރަހައްދެއް ގާއިމްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 ފެބްރުއަރީ 2025 ވާ ހޯމަ ދުވަހު ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު، 17 ފެބްރުއަރީ 2025 ވާ ހޯމަ ދުވަހުގެ 13:00 އަށް މާފަރު ކައުންސިލް އިދާރާ އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ތަން |
ތާރީޚް |
ގަޑި |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
ނ.މާފަރު ކައުންސިލް އިދާރާ |
10 ފެބްރުއަރީ 2025 (ހޯމަ) |
13:00 |
އަންދާސީ ހިސާބު ހުށަހެޅުން |
ނ.މާފަރު ކައުންސިލް އިދާރާ |
17 ފެބްރުއަރީ 2025 (ހޯމަ) |
13:00 |
މި ބީލަން ހުޅުވާލެވިފައިމިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންނަށެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.