މަސައްކަތް
ނަންބަރު: HDC (161)-A/IU/2015/68
ޕަބްލިޝްކުރި ތާރީޚް: 30 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 09:11
ސުންގަޑި: 06 އޮގަސްޓް 2015 13:00
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ކުނި އުކާލަދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ

ހުޅުމާލޭ ކުނިކޮށީގައި މިހާރު ޖަމާވެފައިހުރި ގާތްގަނޑަކަށް 6035.37 ކިއުބިކް މީޓަރސްގެ ކުނި އަމިއްލަ ތަކެތި ބޭނުންކޮށްގެން އުކާލަދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 06 އޮގަސްޓު 2015 ވާ ދުވަހުގެ 13:00އަށް ހުޅުމާލޭގައި ހުންނަ މިކޯޕަރޭޝަންގެ މައިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 10 އޮގަސްޓު 2015 ވާ ދުވަހުގެ 13:00 އަށް ހުޅުމާލޭގައި ހުންނަ މިކޯޕަރޭޝަންގެ މައިއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި، މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ ބިޑު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

މިބިޑް ޑޮކިއުމެންޓް މި ކޯޕަރޭޝަންގެ ވެބްސައިޓްގެ ތިރީގައިމިވާ ލިންކުން ލިބެން ހުންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

ލިންކް: http://hdc.com.mv/announcements

އަދި އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ އެޗް.ޑީ.ސީގެ 3355194 ފޯނާ ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

14 ޝައްވާލް 1436

30 ޖުލައި 2015