ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-3B/426/2025/98
ޕަބްލިޝްކުރި ތާރީޚް: 05 ފެބުރުވަރީ 2025
ޕަބްލިޝްކުރި ގަޑި: 14:11
ސުންގަޑި: 13 ފެބުރުވަރީ 2025 14:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޢިއުލާން - 1446 ވަނަ އަހަރުގެ ރަމަޟާން މަހަށް ތައްޔާރުވުމަށް މިސްކިތްތަކުގެ އާބާތުރަ ފިލުވުމަށް ދަރުމަވެރި ފަރާތަތައް ހޯދުމާއި ގުޅޭ

ޢިއުލާން

 

1446 ވަނަ އަހަރުގެ ރަމަޟާން މަހަށް ތައްޔާރުވުމަށް މިސްކިތްތަކުގެ އާބާތުރަ ފިލުވުމަށް ދަރުމަވެރި ފަރާތަތައް ހޯދުމާއި ގުޅޭ  

1446 ވަނަ އަހަރުގެ ރަމަޟާން މަހަށް ތައްޔާރުވުމަށް އައްޑޫސިޓީ މަރަދޫގެ މިސްކިތްތަކުގައި ކުރަންހުރި މަރާމާތާއި، އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރުމުގައި ދަރުމައަށް މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތުވަނީ ހުޅުވާލެވިފައެވެ.

        ވީމާ، އައްޑޫސިޓީ މަރަދޫ މިސްކިތްތައް މަރާމާތުކޮށް ޒީނަތްތެރިކުރުމުގެ މަސައްކަތް ދަރުމައަށް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން "މިސްކިތްތަކަށް ތަކެތި ހަދިޔާކުރުމަށާއި މިސްކިތްތަކުގައި ކުރަންހުރި މަސައްކަތްތައް ހިލޭ ސާބަހަށް ކޮށްދިނުމަށް އެދޭ ފޯމް" 2025 ފެބްރުވަރީ 13 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން، މި އަވަށު އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. "މިސްކިތްތަކަށް ތަކެތި ހަދިޔާކުރުމަށާއި މިސްކިތްތަކުގައި ކުރަންހުރި މަސައްކަތްތައް ހިލޭ ސާބަހަށް ކޮށްދިނުމަށް އެދޭ ފޯމް" މި އަވަށު އޮފީހުންނާއި އަދި ކައުންސިލްގެ ވެބް ސައިޓް އިން ލިބެން ހުންނާނެއެވެ.

 ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.


6 ޝަޢުބާން 1446ހ.

5 ފެބްރުވަރީ 2025މ.

05 ފެބުރުވަރީ 2025