މަސައްކަތް
ނަންބަރު: L6MC-D/2015/08
ޕަބްލިޝްކުރި ތާރީޚް: 30 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 09:11
ސުންގަޑި: 10 އޮގަސްޓް 2015 11:00
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދަން

މިކޯޓުގައި ހުރި ލަކުޑި ކުދި ދޮރުސެޓުތަކާއި، މިކޯޓުގެ މައިދޮރާއި ދޮރުފަތް ނައްޓައި އެލްމިނިއަމް ދޮރާއި ދޮރުފަތަށް ބަދަލުކުރުމަށާއި ގުދަނުގައި ހުރި ލަކުޑި ދޮރާއި ދޮރުފަތް ނައްޓައި ފައިބަރު ދޮރާއި ދޮރުފަތަށް ބަދަލުކުރުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް އަމިއްލަތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2015 އޮގަސްޓު 10 ވާ ހޯމަ ދުވަހުގެ 11:00 އަށް މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2015 އޮގަސްޓު 13 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް، މިކޯޓަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަނުކުރައްވާ ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

14 ޝައްވާލް 1436

30 ޖުލައި 2015