ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)225-AD/225/2025/4
ޕަބްލިޝްކުރި ތާރީޚް: 05 ފެބުރުވަރީ 2025
ޕަބްލިޝްކުރި ގަޑި: 14:04
ސުންގަޑި:
10 ފެބުރުވަރީ 2025 13:00
ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސްޓަޑީ ކޭމްޕް ބާއްވާ ސްކޫލްތަކަށް އަތޮޅު ކައުންސިލުން މާލީ އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން
ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ ފަންނީ ޤާބިލް މީހުންގެ އެހީތެރިކަން ދަރިވަރުންނަށް ފޯރުކޮށްދިނުމަށްޓަކައި ސްކޫލްތަކުން ހިންގާ ސްޓަޑީ ކޭމްޕަށް ހއ. އަތޮޅު ކައުންސިލުން ނިންމާފައިވާ ގޮތުގެ މަތިން މާލީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން، މާލީ އެހީތެރިކަން ބޭނުންވާ ސްކޫލުތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު 2025 ފެބުރުވަރީ 10 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ވަނީ މުއްދަތު އިތުރުކޮށްދެވިފައެވެ.
ވީމާ، ސްޓަޑީ ކޭމްޕް ބޭއްވުމަށް މާލީ އެހީތެރިކަން ބޭނުންވާ މި އަތޮޅުގެ ސްކޫލްތަކުން މި އިޢުލާނާއި އެކު ހީރަސްކުރެވިފައިވާ ޕްރޮޕޯސަލް ފޯމު 2025 ފެބުރުވަރީ 10 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މި ކައުންސިލްގެ އީ-މެއިލް info@halifatoll.gov.mv އަށް ޕްރޮޕޯސަލް ފޯމު ހުށަހެޅުން އެދެމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
05 ފެބުރުވަރީ 2025