ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)23/23/2025/23
ޕަބްލިޝްކުރި ތާރީޚް: 05 ފެބުރުވަރީ 2025
ޕަބްލިޝްކުރި ގަޑި: 14:02
ދަމަނަވެށި
ދިވެހިރާއްޖެ
1446 ވަނަ އަހަރު ރަމަޟާންމަހު ޢުމްރާއަށް ވަޑައިގަންނަވާ ފަރާތްތަކުން ވެކްސިން ޖެހުމާއި ގުޅޭ

1446 ވަނަ އަހަރު ރަމަޟާންމަހު ޢުމްރާއަށް ވަޑައިގަންނަވާ ފަރާތްތަކުން މިހިނގާ ފެބްރުވަރީ މަހުގެ 28 ވަނަ ދުވަހުގެ ކުރިން (ރަމަޟާންމަސް ފެށުމުގެ ކުރިން) ޢުމްރާ ވެކްސިންޖަހާ ނިންމެވުމަށް ސަމާލުކަން ދެއްވުން އެދެމެވެ.

އަދި އެއްވެސް ސަބަބަކާއި ހުރެ ރަމަޟާންމަސް ފެށުމުގެ ކުރިން ވެކްސިން ނުޖެހޭ ފަރާތްތަކަށް، ރަމަޟާންމަހުގެ ރޭތަކުގެ ތެރެއިން ދަމަނަވެށިން ޚިދުމަތް ދިނުމަށް ކަނޑައަޅާ ގަޑިތަކުގައި ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިދެވޭނެ ވާހަކަ ދަންނަވަމެވެ.

ޢުމްރާ ވެކްސިން ޖެހުމަށް ވަޑައިގަންނަވާއިރު ތިރީގައިވާ ތަކެތި ގެނައުމަށް ސަމާލުކަންދެއްވުން އެދެމެވެ.

  1. އައި.ޑީ ކާޑު
  2. ޕާސްޕޯޓު (އަސްލު ނުވަތަ ފޮޓޯ ކޮޕީ ނުވަތަ ޑިޖިޓަލް ކޮޕީ)
  3. ވޭތުވެދިޔަ 5 އަހަރު ޙައްޖު/ޢުމްރާ އަށް ދިއުމަށް ވެކްސިން ޖަހާފައިވާނަމަ، ވެކްސިން ޖެހި ކާޑު ނުވަތަ ލިޔުން
  4. ކުޑައިރު ވެކްސިން ޖަހާފައިވާ ކާޑު އޮތްކަމުގައި ވާނަމަ ވެކްސިން ކާޑު

 

ޝުކުރިއްޔާ!

05 ފެބުރުވަރީ 2025