ޢާންމު މަޢުލޫމާތު
ނަންބަރު: (I)288/2025/005
ޕަބްލިޝްކުރި ތާރީޚް: 04 ފެބުރުވަރީ 2025
ޕަބްލިޝްކުރި ގަޑި: 14:16
މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ސަރަހައްދަށް ވަދެއުޅޭ ބޭރުގެ ގޮތްނޭނގޭ އުޅަނދުފަހަރާއި ގުޅޭ

ދިވެހިރާއްޖޭގެ ސަރަހައްދަށް ވަދެއުޅޭ ބޭރުގެ ގޮތްނޭނގޭ އުޅަނދުފަހަރަށް ރާއްޖޭހެ މަސްވެރި އުޅަނދުފަހަރަށް އަރާ އެފަދަ އުޅަނދުތަށް ހިފަހައްޓަމުން ގެންދާކަމާއި، މިފަދަ ގޮތްނޭނގޭ އުޅަނދުފަހަރުގައި ނުރައްކާތެރި ކުށްވެރިން މަދުންނަމަވެސް ތިބޭކަން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑި.އެފް) އަށް ފާހަގަކުރެވިފައިވާތީ، މިފަދަ ގޮތްނޭނގޭ އުޅަނދުފަހަރަށް އެރުމަކީ މިކަމުގެ ސަބަބުން ނުރައްކާތެރި ހާދިސާއެއް ކުރިމަތިވެދާނެ ކަމެއްކަމަށް މިނިސްޓްރީ އޮފް ޑިފެންސްއިން ވިދާޅުވެފައިވެއެވެ.

ވީމާ މިފަދަ އުޅަނދުފަހަރު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ފެނިއްޖެނަމަ އެފަދަ އުޅަނދުފަހަރަށް އެރުމުގެ ބަދަލުގައި ލަސްނުކޮށް ކޯސްޓްގާޑަށް (ފޯނު ނަންބަރު 3395981 ނުވަތަ ކޯސްޓްގާޑްގެ ހޮޓްލައިން 191) ނުވަތަ ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކަށް އެކަމުގެ މަޢުލޫމާތު ހިއްސާކުރުމަށް، ރަށުގައި ހަރަކާތްތެރިވާ މަސްވެރިންނާއި ދަތުރުފަތުރުކުރައްވާ ފަރާތްތަކުގެ އަރިހުން އިލްތިމާސްކުރަމެވެ.  

04 ފެބުރުވަރީ 2025