ދިވެހިރާއްޖެ
މި ކައުންސިލްއިން ކޮންމެ ރަމަޟާން މަހަކު ބާއްވަމުން އަންނަ ޤުރުއާން މުބާރާތް، މި އަހަރުވެސް ބާއްވާގޮތަށްވަނީ ހަމަޖެހިފައެވެ. މި މުބާރާތް އޮންނާނީ 1446 ވަނަ އަހަރު ރަމަޟާން މަހު (13 މާރިޗު 2025 ން 15 މާރިޗު 2025) އަށެވެ. މިމުބާރާތް ކުރިއަށްދާނީ 2 ގޮތްޕަކަށް ބަހާލާއިގެންނެވެ. އެއީ ބަލައިގެން ކިޔުމުގެ ގޮފި އަދި ނުބަލާ ކިޔުމުގެ ގޮތްޕެވެ. މިމުބާރާތް ބޭއްވުމުގެ މަޤްޞަދުތަކުގެ ތެރޭގައި ތަޖްވީދުގެ ހަމަތަކާއި އެއްގޮތަށް ރީތިކޮށް ޤުރުއާން ކިޔަވަން ދަންނަ ފަރާތްތައް ބަނޑިދޫގައި އިތުރުކުރުމާއި ޤުރްއާން ކިޔެވުމަށް އާއްމު ރައްޔިތުންގެ މެދުގައި ޝައުވެރިކަން އުފެއްދުން ހިމެނެއެވެ. އަދި ރަމަޟާން މަހަކީ އަޅުކަމުގެ މަސްވަރުކަމަށްވުމާއިއެކު ދީނީ ރޫޙާއި ވަޙްދަތު އާލާކުރުމަކީވެސް މި މުބާރާތް ރަމަޟާން މަހު ބޭއްވުމުގެ އެއްބޭނުމެވެ. މިފަދަ މުބާރާތެއް ބޭއްވުމަށް އާއްމު އެކި ފަރާތްތަކުގެ އެހީއާއި މަދަދު ބޭނުންވާ ހިނދު މި މުބާރާތް ސްޕޮންސަރ ކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ
މި މުބާރާތުގެ ޓައިޓަލް ސޮޕޮންސަރ ކުރުމަށް ހުށަހެޅޭނެ އެންމެ ދަށް އަގަކީ -/50000 (ފަންސާސް ހާސް) ރުފިޔާއެވެ. ވީމާ، މިމުބާރާތް ސުޕޮންސަރކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން 27 ފެބުރުވަރީ 2025 ވާ ބުރާސްފަތި ދުވަހު 13.00 ގެ ކުރިން ތިރީގައިވާ މައުލޫމާތު ހިމެނޭގޮތަށް ސިޓީއަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
- ސުޕޮންސާއަށް ހުށަހަޅާ ފައިސާގެ އަދަދާއި އެހެނިހެން ކަންތައްތައް:
- މުބާރާތުގެ ޓައިޓަލް ގޮތުގައި ހުށައަޅަން އެދޭގޮތް:
މިމުބާރާތަށް 1 ފަރާތަށް ވުރެގިނަފަރާތްތަކުން ސުޕޮންސަރއަށް އެދި ހުށަހަޅައިފިނަމަ މުބާރާތް ހިންގާނީ އެންމެ ބޮޑު އެހީފުޅެއް ހުށަހަޅާ ފަރާތެއްގެ ނަމުގައެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.