ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)308/2025/03
ޕަބްލިޝްކުރި ތާރީޚް: 04 ފެބުރުވަރީ 2025
ޕަބްލިޝްކުރި ގަޑި: 13:03
ސުންގަޑި: 20 ފެބުރުވަރީ 2025 14:00
މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ 11 ވަނަ ޤުރްއާން މުބާރާތް ބޭއްވުން

ކައުންސިލް ޤުރްއާން މުބާރާތާއިގުޅޭ

 

1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ މެދު ދިހައެއްގައި، ކައުންސިލްގެ 11 ވަނަ ޤުރްއާން މުބާރާތް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

މުބާރާތުގައި ބައިވެރިވެވޭ ކީސްޓޭޖްތަކާއި ޢުމުރުފުރާތައް ބަހާފައިވާގޮތާއި މުބާރާތުގެ މުޤައްރަރު މި އިޢުލާނާއިއެކު ޢާންމު ކުރެވިފައިވާނެއެވެ.

ޤުރްއާން މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭފޯމް ފުރިހަމަކުރައްވައި މިއިދާރާއަށް ހުށައެޅުއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވުމަށްއެދޭ ފޯމު ބަލައިގަތުމުގެ އެންމެފަހު ތާރީޚަކީ 2025 ފެބުރުވަރީ 20 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 އެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު މިއިދާރާގެ ކައުންޓަރުންނާއި ކައުންސިލްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

04 ޝައުބާން 1446

04 ފެބުރުވަރީ 2025

04 ފެބުރުވަރީ 2025