ނީލަން
ނަންބަރު: (IUL)262/262/2025/6
ޕަބްލިޝްކުރި ތާރީޚް: 04 ފެބުރުވަރީ 2025
ޕަބްލިޝްކުރި ގަޑި: 12:26
ސުންގަޑި: 27 ފެބުރުވަރީ 2025 14:00
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ ބެލުމުގެދަށުގައިވާ ހެވީލޯޑަރ ވެހިކަލް ސިޓީ ލާ ނީލަމުގައި ވިއްކާލުން

ކައުންސިލްގެ ބެލުމުގެދަށުގައިވާ ހެވީލޯޑަރ ވެހިކަލް ސިޓީ ލާ ނީލަމުގައި ވިއްކާލުން

މިއިދާރާގެ ނަންބަރު:)(IUL)262/262/2024/8524 ސެޕްޓެމްބަރ 2024( އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އެއިޢުލާނަށް އިޖާބަދީފައި ނުވާތީ، ފެނަކަ އިންޖީނުގެ އިރުމަތީގައިވާ ހެވީލޯޑަރ ވެހިކަލް ސިޓީލާ ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ. ނީލަމުގައި ބައިވެރިވާ ފަރާތްތަކުން ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 13:00 ގެ ކުރިން ގަތުމަށް ބޭނުންވާ އަގު ހުށަހެޅުއްވުން އެދެމެވެ. ނީލަމަށް އަގު ހުށަހަޅާނީ ސިޓީން އަގު ހުށަހަޅާ ފޯމު (NL01) ފުރިހަމަކޮށް ސިޓީއުރާގައި ބަންދުކޮށް، ނީލަން ލުމަށް ކަނޑައަޅާފައިވާ ފޮށްޓަށް ލައިގެންނެވެ. ސިޓީއުރައިގެ ބޭރުގައި އަގުހުށަހަޅާ ނީލަމުގެ ނަންބަރު (އިޢުލާން ނަންބަރ) އާއި ހުށަހެޅި ތާރީޚު ލިޔަންވާނެއެވެ. ނީލަމަށް ސިޓީން އަގުހުށަހަޅާ ފޯމު މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި މިއިދާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ.

ރަސްމީ ކޮންމެ ދުވަހަކު މެންދުރު 13:00 އާ ހަމައަށް ހުށަހަޅާފައިވާ އެންމެ މަތީ އަގު އެ ދުވަހެއްގެ މެންދުރުފަހު 14:00 ގައި މި އޮފީހުގެ ނޯޓިސްބޯޑުގައި ޢާންމު ކުރެވޭނެއެވެ. ނީލަމަށް ހުށަހަޅާފައިވާ އެންމެ މަތީ އަގު ޖެހިޖެހިގެން ރަސްމީ 2 ދުވަހު އެއް އަގެއްގައި އޮވެއްޖެނަމަ، އެ އަގަކަށް ނީލަން ނިންމާލެވޭނެއެވެ.

ނީލަން ކާމިޔާބު ކުރާ ފަރާތުން ރަސްމީ 3 ދުވަހުގެ ތެރޭގައި މިއިދާރާއަށް ފައިސާ ދައްކާ ޚަލާސްކުރަންވާނެއެވެ. 3 ދުވަހުގެ ތެރޭގައި ފައިސާ ދައްކާފައި ނުވާނަމަ، ނީލަން ބާޠިލު ކުރެވޭނެއެވެ. އަދި ފައިސާ ދެއްކެވުމަށްފަހު ރަސްމީ 5 ދުހަގުގެ ތެރޭގައި ނީލަމުން ނަގާފައިވާ ތަކެތި ގެންގޮސް ނިންމަވަންވާނެއެވެ. ފައިސާ ދެއްކެވުމަށްފަހު ނީލަމުން ނަގާފައިވާ ތަކެތި އިޢުލާނުގައިވާ މުއްދަތުތެރޭގައި ނުގެންދަވައިފިނަމަ ހަމޖެހިފައިވާ އުސޫލުގެ ތެރެއިން ކައުންސިލުން އެތަކެތީ ނައްތާލެވޭނެކަމުގައިވެސް ދެންނެވީމެވެ.

ނީލަން ފެށޭއަގު: 35,000.00 (ތިރީސް ފަސްހާސް) ރުފިޔާ

ފަހަރަކު އިތުރު ކުރެވޭނެ އެންމެ ކުޑަ އަގު: 1,000.00 (އެއްހާސް) ރުފިޔާ

ވެހިކަލްގެ ރަޖިސްޓްރީ: ނެތް

ރަޖިސްޓްރީކުރުން/ރަޖިސްޓްރީ ބަދަލުކުރުން: ނީލަމުންނަގާ ފަރާތެއްގެ އަމިއްލަ އަށް.

ނީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ހެވީލޯޑަރ ބަލާލުމުގެ އިންތިޒާމް 2025 ފެބުރުއަރީ 4 ވާ ހޯމަ ދުވަހުން ފެށިގެން، ނީލަން ނިމެންދެން ހަމަޖެހިފައިވާނެއެވެ. ނީލަމަށް ސިޓީން އަގުހުށަހަޅާ ފޯމު ލާފޮށި 4 ފެބުރުއަރީ 2025 ން ފެށިގެން ނީލަން ނިމެންދެން މި އޮފީހުގެ ރިސެޕްޝަންގައި ބަހެއްޓިފައި ހުންނާނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

04 ފެބުރުވަރީ 2025