ދިވެހިރާއްޖެ
ރަށުފެންވަރުގައި ހިންގުމަށް ބޭނުންވާ އިޖުތިމާޢީ، ތަޢުލީމީ، ޞިއްޙީ، އުމްރާނީ ތަރައްޤީ، އަދި ކުޅިވަރާއި މުނިފޫހިފިލުވުމުގެ ޚަރަކާތްތައް ހިންގުމަށް ކައުންސިލްގެ މާލީ އެހީތެރިކަން ބޭނުންވާ ކްލަބް/ޖަމިއްޔާ/ޖަމާއަތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުތު ހުޅުވާލަމެވެ. މިފުރުޝަތު ހުޅުވާލެވިފައިވަނީ ރަޖިސްޓްރީކޮށްގެން ބަނޑިދޫގައި ހިންގާ ކްލަބް/ޖަމްޢިއްޔާ/ޖަމާއަތްތަކަށް އެކަންޏެވެ.
މިއިޢުލާނާއި ގުޅިގެން މާލީ އެހިތަރެކަން ފޯރޮކޮށްދެވޭނީ މިކައުންސިލުން އެކުލަވާލައި އާއްމުކޮށްފައިވާ، "ބަނޑިދޫގައި ރަޖިސްޓްރީ ކޮށްފައިވާ ކްލަބް/ޖަމިއްޔާ/ޖަމާއަތްތަކަށް ކައުންސިލުން މާލީ އެހީ ފޯރުކޮށްދިނުމުގެ އުޞޫލް" ގައިވާ ގޮތުގެ މަތިންނެވެ.
ވީމާ، ރަޖިސްޓްރީކޮށްގެން ބަނޑިދޫގައި ހިންގާ ކްލަބް/ޖަމްޢިއްޔާ/ޖަމާއަތްތަކުން، އެ ކްލަބް/ޖަމްޢިއްޔާ/ޖަމާއަތްތަކުން ހިންގަން ބޭނުންވާ ޚަރަކާތަކާއި ގުޅޭ ޕްރޮޕޯޝަލް މިހިނގާ ފެބްރުއަރީ މަހުގެ 25 ވާ އަންގާރަ ދުވަހުގެ މެންދުރު ފަހު 13:00 ގެ ކުރިން މިކައުންސިލަށް ހުށަހެޅުމަށް ދަންނަވަމެވެ.