ވަޒީފާގެ ފުރުޞަތު
ނަންބަރު: N-10HC/THC /IULAAN/2015/07
ޕަބްލިޝްކުރި ތާރީޚް: 23 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 13:28
ސުންގަޑި: 05 އޮގަސްޓް 2015 12:00
ކޮޅުމަޑުލު ތިމަރަފުށީ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ސްޓޯރ ކީޕަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި މަރުކަޒުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

މަޤާމް

ސްޓޯރ ކީޕަރ

ބޭނުންވާ ޢަދަދު

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް: GS3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ޑިވިޜަން/ ސެކްޝަން

އެޑްމިން

ވަޒީފާ އަދާކުރަންޖެހޭ ތަން

ތިމަރަފުށީ ޞިއްޙީ މަރުކަޒު / ތ. ތިމަރަފުށި

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

- ޞިއްޙީ މަރުކަޒުން ކަނޑައަޅާގޮތެއްގެމަތިން މަރުކަޒަށް ހޯދަންޖެހޭ ތަކެތި ހޯދުމަށް ކުރަންޖެހޭ ޕްރޮކިއުމެންޓް މަސައްކަތްތައް ކުރުން.

- މެޑިކަލް ކޮންސިޔުމަބަލްސް ތަކެތި، ކަމާބެހޭ ފަރާތްތަކާ ވާހަކަދައްކައިގެން ހޯދައި، އެތަކެތި ސްޓޮކްކޮށް ބެލެހެއްޓުން.

- ޞިއްޙީ މަރުކަޒުގެ ފިއުލް ސްޓޮކް ޤަވާޢިދުން ބަލަހައްޓައި، ފިއުލް އޯޑަރުކުރުން.

- ޞިއްޙީ މަރުކަޒުގެ އިންވެންޓްރީ ބެލެހެއްޓުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.

- ޞިއްޙީ މަރުކަޒުގެ ލިޔެކިޔުމާއި އެހެނިހެން މުދަލުގެ ސްޓޮކަށް ބޭނުންވާ ތަކެތި ހޯދައި، އެތަކެތި ސްޓޮކްކޮށް، އެތަކެތި ބަލަހައްޓައި، ހަމަޖެހިފައިވާ ޤަވާޢިދުގެދަށުން ތަކެތި ދޫކުރުން.

- ސްޓޮކުން ތަކެތި ހުސްވިޔަނުދީ، ސްޓޮކަށް މަދުވާ ތަކެތި ހޯދައި، އެތަކެތި ސްޓޮކްކުރުން.

- މުއްދަތު ހަމަވާތަކެތި، ކަނޑައެޅިފައިވާ ޤަވާޢިދުގެދަށުން ނައްތާލައި، ޤަވާޢިދުން ރެކޯޑްތައް ފުރިހަމަކުރުން.

- ކޮންޓްރޯލް ޑްރަގް ފަދަ ތަކެތީގެ ރެކޯޑުތައް ޤަވާޢިދުން ބަލަހައްޓައި، ރިޕޯޓްތައް ތައްޔާރުކޮށްފައި ފޮނުވަންޖެހޭ ފަރާތްތަކަށް ޤަވާޢިދުން ފޮނުވުން.

- ސްޓޮކުގެ ހިސާބުތައް ދުވަހުން ދުވަހަށް ބެލެހެއްޓުމާއި، ރިޕޯޓްތައް ތައްޔާރުކުރުން.

- ސެކްޝަންތަކުން އެދޭ ތަކެތި ދުވަހުން ދުވަހަށް ސެކްޝަންތަކަށް ދޫކޮށް، ސޮއިކޮށް، ފޯމްތައް ފުރިހަމަކޮށް، ފައިލްކުރުން.

-  ޞިއްޙީ މަރުކަޒަށް ހޯދޭ ނުވަތަ އެކިއެކި ފަރާތްތަކުން ފޮނުވާ ތަކެތި ބަލައިގަނެ، ޑެލިވަރީ ފޯމް ނުވަތަ ގުޑްސް ރިސީވް ފޯމް ފުރިހަމަކޮށްފައި ފޮނުވަންޖެހޭ ތަންތަނަށް ޤަވާޢިދުން ފޮނުވުން.

- އެކިއެކި ފަރާތްތަކުން ޞިއްޙީ މަރުކަޒަށް ފޮނުވާ ތަކެތި މަރުކަޒަށް ގެނައުމާއި، މަރުކަޒުން އެކި ތަންތަނަށް ފޮނުވަންޖެހޭ ތަކެތި ޤަވާޢިދުން ފޮނުވަމުން ގެންދިއުން.

- މީގެ އިތުރުން، ޞިއްޙީ މަރުކަޒުން ހިންގާ ޚާއްޞަ މަސައްކަތްތަކުގައި ހަވާލުކުރެވޭ ޞިއްޙީ މަރުކަޒުގެ މަސައްކަތްކުރުން.

 

 

 

ތަޢުލީމާއި ތަޖުރިބާ

1- ޕްރޮކިއުމަންޓް، އިކޮނޮމިކްސް، ލޮޖިސްޓިކް މެނޭޖްމަންޓް، އެސެޓް މެނޭޖްމަންޓް، އެކައުންޓިންގ، އެކައުންޓިން އެންޑް ބިޒްނަސް، އޭ.ސީ.ސީ.އޭ، މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ސްޓޮކް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ޕްރޮކިއުމަންޓް، އިކޮނޮމިކްސް، ލޮޖިސްޓިކް މެނޭޖްމަންޓް، އެސެޓް މެނޭޖްމަންޓް، އެކައުންޓިންގ، އެކައުންޓިން އެންޑް ބިޒްނަސް، އޭ.ސީ.ސީ.އޭ، މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ސްޓޮކް މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ؛

2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

 

ޢިނާޔަތްތައް

  1. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
  2. ސިވިލް ސަރވިސްގެ ގަވާއިދުގައިވާގޮތުގެމަތިން މަސައްކަތްތަށް ނުކުންނަ ކޮންމެ ދުވަހަކަށް ރިސްކް އެލަވަންސް -/75 ރުފިޔާ

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް، މި މަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)
  2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި

2015 އޮގަސްޓު 5 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން، ތ. ތިމަރަފުށީ ޞިއްޙީ މަރުކަޒަށް.

 

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން

2015 ވަނަ އަހަރުގެ އޮގަސްޓުމަހުގައި، ތ. ތިމަރަފުށީ ޞިއްޙީ މަރުކަޒުގައި.

ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރަން ގުޅާނީ، 6780503 ނަންބަރު ފޯނަށް ނުވަތަ 7615606 ނަންބަރު ފޯނަށެވެ.

 12 ޝައްޥާލް 1436

23 ޖުލައި 2015