ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)MHCL-COO/MHCL/2015/1010
ޕަބްލިޝްކުރި ތާރީޚް: 24 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 11:03
ސުންގަޑި: 03 އޮގަސްޓް 2015 14:00
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާނު

މިކޯޕަރޭޝަނުގެ ފަރާތުން 1436ހ. ވަނަ އަހަރުގެ ޙައްޖު ދަތުރުގައި ހިލޭ ސާބަހަށް މަސައްކަތްކޮށްދެއްވާނެ މީހުން، ތިރީގައި މި ދަންނަވާ މަޤާމުތަކަށް ބޭނުންވެއެވެ.

ވަޒީފާގެ ފުރުޞަތު

މަޤާމު:

  • ޞިއްޙީ އެހީތެރިޔާ

އަދަދު:

  • 2

ފެންވަރު ނުވަތަ ޝަރުޠު

  • ދިވެހިރާއްޖެއިން ޙައްޖާއި ޢުމްރާއަށް މީހުން ގެންގޮސް ހަދާފައިވާ ޖަމާޢަތެއްގައި ނުވަތަ ކުންފުންޏެއްގައި ޙާޖީންނަށް ޞިއްޙީ ފަރުވާ ދިނުމުގެ މަސައްކަތްކޮށް މަދުވެގެން 1 އަހަރު ދުވަހު މަސައްކަތްކޮށްފައިވާ މީހަކު ކަމުގައިވުން
  • މައްކާއާއި މަދީނާގައި އުޅޭއިރު ޞިއްޙީ ކަންކަމުގައި ޙާޖީން ގޮވައިގެން ހޮސްޕިޓަލްތަކަށްގޮސް ކުރަންޖެހޭ ކަންތައްތައް ކުރުމުގެ ގާބިލުކަން ހުރުން.
  • ދިވެހިރާއްޖޭގައި ބޭސް ކުރުމުގެ ހުއްދަ ލިބިފައިވާ މީހަކު ކަމުގައިވުން.
  • އިނގިރޭސީ، ޢަރަބި، ނުވަތަ އުރުދޫ ، މިއިން ކޮންމެވެސް ބަހަކުން މުޢާމަލާތު ކުރަން އެނގޭ މީހަކު ކަމުގައިވުން.

މަސްއޫލިއްޔަތު:

  • މައްކާއާއި މަދީނާގައި އުޅޭއިރު ޞިއްޙީ ކަންކަމުގައި ޙާޖީން ގޮވައިގެން ހޮސްޕިޓަލްތަކަށްގޮސް ކުރަންޖެހޭ ކަންތައްތައް ކުރުމުގައި ޑޮކްޓަރުގެ އިރުޝާދުގެ ދަށުން ކުރުން.
  • ޙައްޖު ދަތުރުގައި ޞިއްޙީ ގޮތުން ފުރިހަމަ ކުރަންޖެހޭ އެންމެހާ ކަންތައްތައް އިންތިޒާމު ކުރުމުގެ މަސައްކަތުގައި ބައިވެރިވުން.

 

މަޤާމު:

  • ނަރުސް (އަންހެން)

އަދަދު:

  • 3

ފެންވަރު ނުވަތަ ޝަރުޠު

  • ނަރުސް ކަމުގެ ސަނަދުއޮތުމާ އެކު މޯލްޑިވްސް ބޯޑް އޮފް ހެލްތު ސައިންސަސްގައި ރަޖިސްޓަރީވެފައިވާ ފަރާތެއްކަމުގައިވުން.
  • ދިވެހިރާއްޖެއިން ޙައްޖާއި ޢުމްރާއަށް މީހުން ގެންގޮސް ހަދާފައިވާ ޖަމާޢަތެއްގައި ނުވަތަ ކުންފުންޏެއްގައި ޙާޖީންނަށް ޞިއްޙީ ފަރުވާ ދިނުމުގެ މަސައްކަތްކޮށް މަދުވެގެން 1 އަހަރު ދުވަހު މަސައްކަތްކޮށްފައިވާ މީހަކު ކަމުގައިވުން
  • މައްކާއާއި މަދީނާގައި އުޅޭއިރު ޞިއްޙީ ކަންކަމުގައި ޙާޖީން ގޮވައިގެން ހޮސްޕިޓަލްތަކަށްގޮސް ކުރަންޖެހޭ ކަންތައްތައް ކުރުމުގެ ޤާބިލުކަން ހުރުން.
  • 45 އަހަރުން މަތީގެ މީހެއް ކަމުގައިވުން.
  • އިނގިރޭސި، ޢަރަބި، ނުވަތަ އުރުދޫ، މިއިން ކޮންމެވެސް ބަހަކުން މުޢާމަލާތު ކުރަން އެނގޭ މީހަކު ކަމުގައިވުން.

މަސްއޫލިއްޔަތު:

-  ޙާޖީންގެ ތެރެއިން ފަރުވާދޭންޖެހޭ ބަލިމީހުންނަށް ފަރުވާދިނުމާއި ޞިއްޙީ އިރުޝާދު ދިނުން.

-  މައްކާއާއި މަދީނާގައި އުޅޭއިރު ޞިއްޙީ ކަންކަމުގައި ޙާޖީން ގޮވައިގެން ހޮސްޕިޓަލްތަކަށްގޮސް ކުރަންޖެހޭ ކަންކަން ކުރުމުގައި ޑޮކްޓަރުގެ އިރުޝާދުގެ ދަށުން މަސައްކަތް ކުރުން.

-  ޙައްޖު ދަތުރުގައި ޞިއްޙީ ގޮތުން ފުރިހަމަ ކުރަންޖެހޭ އެންމެހާ ކަންކަން އިންތިޒާމު ކުރުމުގެ  މަސައްކަތުގައި ބައިވެރިވުން.

މަޤާމު:

  • ޑޮކްޓަރު

އަދަދު:

  • 1

ފެންވަރު ނުވަތަ ޝަރުޠު

  • މޯލްޑިވްސް ބޯޑް އޮފް ހެލްތު ސައިންސަސްގައި ރަޖިސްޓަރީވެފައިވުމާއެކު ދިވެހިރާއްޖޭގައި ބޭސް ކުރުމުގެ ހުއްދަ ލިބިފައިވާ މީހަކު ކަމުގައިވުން.    
  • މައްކާއާއި މަދީނާގައި އުޅޭއިރު ޞިއްޙީ ކަންކަމުގައި ޙާޖީން ގޮވައިގެން ހޮސްޕިޓަލްތަކަށްގޮސް ކުރަންޖެހޭ ކަންތައްތައް ކުރުމުގެ ޤާބިލުކަން ހުރުން.
  • ދިވެހިރާއްޖެއިން ޙައްޖާއި ޢުމްރާއަށް މީހުން ގެންގޮސް ހަދާފައިވާ ޖަމާޢަތެއްގައި ނުވަތަ ކުންފުންޏެއްގައި ޙާޖީންނަށް ޞިއްޙީ ފަރުވާ ދިނުމުގެ މަސައްކަތްކޮށް މަދުވެގެން 1 އަހަރު ދުވަހު މަސައްކަތްކޮށްފައިވާ މީހަކު ކަމުގައިވުން
  • އަންހެނެއްނަމަ 45 އަހަރުން މަތީގެ މީހެއް ކަމުގައިވުން.
  • ޢަރަބި ނުވަތަ އިނގިރޭސި ބަހުން މުޢާމަލާތު ކުރަން އެނގޭ މީހަކު ކަމުގައިވުން.

މަސްއޫލިއްޔަތު:

  • ޙާޖީންނަށް ދިމާވާ ޞިއްޙީ ކަންތައްތައް ބެލުމާއި ފަރުވާދޭންޖެހޭ ބަލިމީހުނަށް ފަރުވާދިނުމާއި ޞިއްޙީ އިރުޝާދު ދިނުން.
  • މައްކާއާއި މަދީނާގައި އުޅޭއިރު ޞިއްޙީ ކަންކަމުގައި ޙާޖީން ގޮވައިގެން ހޮސްޕިޓަލްތަކަށްގޮސް ކުރަންޖެހޭ ކަންކަން ކުރުން.
  • ޙައްޖު ދަތުރުގައި ޞިއްޙީ ގޮތުން ފުރިހަމަ ކުރަންޖެހޭ އެންމެހާ ކަންކަން އިންތިޒާމު ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުން.

މަޤާމު:

  • މުސާޢިދު (އަންހެން)

އަދަދު:

  • 6

ފެންވަރު ނުވަތަ ޝަރުޠު

  • ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންގޮސް ހަދާފައިވާ ޖަމާޢަތެއްގައި ނުވަތަ ކުންފުންޏެއްގައި ޙައްޖުވެރިންނަށް އެހީތެރިވުމުގެ ގޮތުން މަދުވެގެން 3 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.
  • 45 އަހަރުން މަތީގެ މީހެއް ކަމުގައިވުން.
  • މައްކާ، މަދީނާ، މިނާ އަދި ޢަރަފާތުގައި ޙާޖީންނަށް އެހީތެރިވެދިނުމުގެ ގޮތުން ކުރަންޖެހޭ ކަންކަމުގެ ގާބިލްކަން ހުރި މީހަކު ކަމުގައިވުން.

މަސްއޫލިއްޔަތު:

  • އަޅުކަމުގެ ކަންކަމުގައި އަންހެން ޙާޖީންނާއެކު ހަރަކާތްތެރިވުން.
  • އެހީތެރިކަން ބޭނުންވާ އަންހެން ޙާޖީން ޙަރަމްފުޅަށް ގެންގޮސް ގެނެސްހެދުމުގައި އެހީތެރިވެދިނުން.
  • ދަތުރުގައި ދިމާވާ އެހެނިހެން ކަންކަމުގައި ކޯޕަރޭޝަނަށް އެހީތެރިކަން ފޯރުކޮށްދިނުން.
  • މިވަޒީފާއަށް މީހުން ހޮވުމުގައި ޢަރަބި ބަހުން މުޢާމަލާތު ކުރަން އެނގޭ ފަރާތްތަކާއި، އިދާރީ މަސައްކަތްތަކަށް އަހުލުވެރިވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަޤާމު:

  • މުސާޢިދު (ފިރިހެން)

އަދަދު:

  • 3

ފެންވަރު ނުވަތަ ޝަރުޠު

  • ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންގޮސް ހަދާފައިވާ ޖަމާޢަތެއްގައި ނުވަތަ ކުންފުންޏެއްގައި ޙައްޖުވެރިންނަށް އެހީތެރިވުމުގެ ގޮތުން މަދުވެގެން 3 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.
  • މައްކާ، މަދީނާ، މިނާ އަދި ޢަރަފާތުގައި ޙާޖީންނަށް އެހީތެރިވެދިނުމުގެ ގޮތުން ކުރަންޖެހޭ ކަންކަމުގެ ގާބިލްކަން ހުރި މީހަކު ކަމުގައިވުން.

މަސްއޫލިއްޔަތު:

  • އަޅުކަމުގެ ކަންކަމުގައި ފިރިހެން ޙާޖީންނާއެކު ހަރަކާތްތެރިވުން.
  • އެހީތެރިކަން ބޭނުންވާ ފިރިހެން ޙާޖީން ޙަރަމްފުޅަށް ގެންގޮސް ގެނެސްހެދުމުގައި އެހީތެރިވެދިނުން.
  • ދަތުރުގައި ދިމާވާ އެހެނިހެން ކަންކަމުގައި ކޯޕަރޭޝަނަށް އެހީތެރިކަން ފޯރުކޮށްދިނުން.
  • މިވަޒީފާއަށް މީހުން ހޮވުމުގައި ޢަރަބި ބަހުން މުޢާމަލާތު ކުރަން އެނގޭ ފަރާތްތަކާއި، އިދާރީ މަސައްކަތްތަކަށް އަހުލުވެރިވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަޤާމު:

  • އިމާމުގެ ނާއިބު

އަދަދު:

  • 2

ފެންވަރު ނުވަތަ ޝަރުޠު

  • ޝަރީޢާ އިސްލާމިއްޔާ، ފިޤްހު ނުވަތަ ދީނީ ޢިލްމުގެ ދާއިރާއަކުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުން.
  • ދީނީ ދަރުސް ދިނުމުގެ ހުއްދަ ލިބިފައިވުމާއެކު އެކަމުގެ ޢަމަލީ ތަޖުރިބާލިބިފައިވުން.
  • ޙައްޖު ދަތުރުގައި އެހީތެރިއެއްގެ ގޮތުގައި މަދުވެގެން 3 އަހަރުދުވަހު މަސައްކަތް ކޮށްފައިވުން.
  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ޞިއްޙަތު ރަނގަޅު މީހެއްކަމުގައިވުން.

މަސްއޫލިއްޔަތު:

  • ކަނޑައެޅޭ ތާވަލާ އެއްގޮތަށް ޙާޖީންނަށް ދީނީ ދަރުސް ދިނުން.
  • ދީނީ އެކި ކަންކަން އޮޅުން ފިލުވަން އަންނަ ފަރާތްތަކަށް މަޢުލޫމާތާއި އިރުޝާދު ދިނުން.
  • ޙައްޖުގެ އަޅުކަމާގުޅޭ އެންމެހާ ކަންކަމުގައި ޖަމާޢަތުގެ އިމާމާއެކު އިސްދައުރެއް އަދާކުރުން.
  • ދަތުރުގައި ދިމާވާ އެހެނިހެން ކަންކަމުގައި ކޯޕަރޭޝަނަށް އެހީތެރިކަން ފޯރުކޮށްދިނުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މަޤާމަށްއެދި ހުށަހަޅާ ސިޓީ (އިޢުލާނު ނަންބަރާއެކު)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • މީގެ ކުރިން ޙައްޖަށް ނުވަތަ ޢުމްރާއަށް ގޮސްފައިވާކަން އަންގައިދޭ ލިޔުމެއް.

ސުން ގަޑި:

  • 3 އޮގަސްޓު 2015 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މި މަޤާމްތަކަށް މީހުން ހޮވުމުގައި ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެ ނަމަ އެންމެ އެކަށީގެންވާ ފަރާތްތަކަށް ފުރުޞަތު ދެވޭނެއެވެ. އަދި އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅުއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން ހުރިހާ ލިޔެކިޔުންތައް މިކޯޕަރޭޝަނުގެ އީމެއިލް [email protected] އަށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3011000 އަށެވެ.

ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ އެޑްރެސް ކުރަންވާނީ:

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް

އަމީނީމަގު، 20379

މާލެ، ދިވެހިރާއްޖެ

24 ޖުލައި 2015