ދިވެހިރާއްޖެ
ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު
"ރިޓެއިނަރ ސޮފްޓްވެއަރ ޑިވޮލަޕްމަންޓް ފާރމްސް"ގެ ގޮތުގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދުމާއި ބެހޭ
މި ކުންފުނީގެ ބޭނުމަށް، ވަގުތީ "ރިޓެއިނަރ ސޮފްޓްވެއަރ ޑިވޮލަޕްމަންޓް ފާރމްސް"ގެ ގޮތުގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދަން ބޭނުންވެއެވެ. އެގޮތުން ކުރަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި، މިކުންފުނިން އަންގާ ގޮތަކަށް ސޮފްޓްވެއަރ ޑިޒައިންކުރުމާއި، ޑިވަލޮޕްކުރުމާއި، ބެލެހެއްޓުމާއި އަދި އަޕްގްރޭޑްކުރުން ފަދަ މަސައްކަތްތައް ހިމެނެއެވެ.
މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ ރާއްޖޭގެ އިކޮނޮމިކް މިނިސްޓްރީގައި "އެސް.އެމް.އީ ނުވަތަ މައިކްރޯ" ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ވިޔަފާރިއަކަށް ވާންވާނެއެވެ. އަދި ޓީމުގައި މަދުވެގެން 5 ދިވެހިންވެސް ހިމެނެންވާނެއެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އީމެއިލް([email protected]) މެދުވެރިކޮށް ޝައުގުވެރިކަން (EOI) ފާޅުކުރުން އެދެމެވެ. ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން އެފަރާތެއްގެ ފުރިހަމަ ނަމާއި އެޑްރެސް، އީމެއިލް، ގުޅޭނެ ނަންބަރުތައް އަދި ޤާބިލުކަން އަންގައިދޭ ލިޔުންތައް (ޕްރޮފައިލް، ޓީމު، ތަޖުރިބާ އަދި ރަޖިސްޓްރޭޝަން ސެޓުފިކެޓް ފަދަ ލިޔުންތައް) ހުށަހަޅަންވާނެއެވެ.
މިކުންފުނިން ބޭނުންވެއްޖެ ހާލަތެއްގައި، ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުން މަސައްކަތްތައް ހަވާލު ކުރެވޭނެއެވެ.