މަޤާމު:
|
ކޮންޕިއުޓަރ ޓެކްނީޝަން
|
މަޤާމުގެ ނަންބަރު:
|
J-407526
|
ބޭނުންވާ އަދަދު:
|
01 (އެކެއް)
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކު:
|
އެމް.އެސް 1
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ، ނ. ކެނދިކުޅުދޫ / ދިވެހިރާއްޖެ
|
މުސާރަ:
|
5610.00 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
2000.00ރުފިޔާ
|
އެހެނިހެން އެލަވަންސް:
|
- ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު 700 ރުފިޔާ
- ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 (ތިރީސްފަސް އިންސައްތަ)
- ސިވިލް ސާރވިސް މުއައްޒަފުނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- ސިވިލް ސަރވިސްގެ އެ ރޭންކަކަށް މިނިމަމް ވޭޖްގެ ގޮތުގައި ދިނުމަށް ކަނޑައަޅާފައިވާ ޢަދަދަށްވުރެ މަދުން ލިބޭ ނަމަ، އެ އަދަދު ހަމަކުރުމަށް މިނިމަމް ވޭޖް އެލަވަންސް ހަމަޖައްސަވައި ދެވޭނެއެވެ.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ، ސެކްރަޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
- ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރަޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝަދުގެ މަތިން ކުރުން.
- އައިޓީއާއި ގުޅުންހުރި އެންމެހާ މަސައްކަތްތައް އޯވަސީ ކުރުން އަދި ޑިޕާޓްމަންޓުގެ މުވައްޒަފުންނަށް މަސައްކަތްކުރުމުގައި އަރުވަންޖެހޭ ފަންނީ ލަފަޔާ މަޝްވަރާ އެރުވުމާއި ޑިޕާޓްމަންޓް ހިންގުން.
- މުވައްޒަފުންނަށް އާއެކައުންޓް ހުޅުވުމާއި، ޕާސްވޯރޑް ބަދަލުކުރުމާއި ޓްރަބަލްޝޫޓްކުރުންފަދަ ޖެމްސް ޕޯޓަލްގެ އެންމެހާ މަސައްކަތްތައް ކުރުން
- މައިކްރޯސޮފް 365 ޔޫސަރ އަދި އިންޓަރފޭސް މެނޭޖްމަންޓްގެ މަސައްކަތްކުރުން
- އިންފޮރމޭޝަން ޓެކްނޮލޮޖީއާއި ގުޅުންހުރި ކަންކަމުގައި ކުރަންޖެހޭ މަސައްކަތްތަކަށް ޖަވާބުދާރީވުން.
- ޔުނިޓުގެ ސްޓްރަޓެޖިކް ޕްލޭން އެކުލަވާލާ ތަންފީޒުކުރުމުގެ މަސައްކަތް ކުރުން
- ޑިޕާރޓްމަންޓާއި ގުޅުންހުރި ސިސްޓަމްތަކުގެ ޕޮލިސީސްއާއި ޕްރޮސީޖާތައް ޑިޒައިންކޮށް، ޑިވެލޮޕްކޮށް، އެކަންތައް އިމްޕްލިމެންޓްކުރުމުގެ މަސައްކަތް ހިންގުން.
- އިންފޮމޭޝަން ސިސްޓަމްގެ ގަވާއިދު ތައްޔާރުކޮށް، އެގަވާއިދުތަކަށް މުވައްޒަފުން ހޭލުންތެރިކުރުވުމުގެ ހުރިހާ ކަމެއްކުރުން.
- ކޮމްޕިއުޓަރ ބޭނުންކުރާ ފަރާތްތަކަށް، ބޭނުންވާ ތަމްރީން ދިނުމާއި ކޮމްޕިއުޓަރ އެކިއެކި ސޮފްޓްވެއަރ ބޭނުންކުރާނެ ރައްކާތެރި ފަސޭހަގޮތްތައް ބުނެދީ އަހުލުވެރިކުރުވުން
- އިދާރާގެ އިންޓަރނެޓް އަށް ދިމާވާ މައްސަލަތައް ޙައްލުކުރުމާއި، ޑައިގްނޯސިސް ހެދުމާއި، ކަނެކްޝަން ދިނުމާއި، އެހީތެރިކަން ފޯރުކޮށްދިނުމާއި، އިންޓަރނެޓް ސްޕީޑް ޗެކްކުރުމާއި، އެކަށީގެންވާ ސްޕީޑެއްގައި އިންޓަރނެޓް ކަނެކްޝަން ސިސްޓަމްތަކަށް ލިބިދެވޭކަން ކަށަވަރުކުރުން.
- ނެޓްވޯރކް އަދި ހާރޑްވެއަރ ރައްކާތެރިކަން ކަށަވަރު ކުރުމާއި، އެންކްރިޕްޓް ކުރަންޖެހޭތަކެތި އެންކްރިޕްޓް ކުރުމާއި، ޑިކްރިޕްޓް ކުރަންޖެހޭ ތަކެތި ޑިކްރިޕްޓް ކުރުމާއި، ސެކިއުރީ ތްރެޓްސްތައް ދެނެގަތުމާއި، ދެވިފައިވާ ޕާސްވޯރޑް ތަކަކީ ސްޓްރޯންގް ޕާސްވޯރޑްތަކެއްކަން ކަށަވަރުކުރުމާއި، ފަޔަރ ވޯލް ބޭނުންކުރުމާއި، އެކްޓިވިޓީތައް މޮނިޓަރ ކުރުން.
- ސިސްޓްމް ތަކުގެ ބެކްޕްނެގުމާއި، ކްލައުޑްގައި ރަށްކާކުރުމާއި، ސިސްޓަމްތަކުގެ ސެކިއުރިޓީ ވަރުގަދަކޮށް، ބެކަޕް ޕްލޭން އެކުލަވައިލާ ތަންފީޒުކުރުން
- ސިސްޓަމްތަކަށް އެންޓިވައިރަސް ސޮފްޓްވެއަރ އެޅުމާއި، ފަޔަރވޯލް އޮންކުރުމާއި، ކޮންމެދުވަހަކުވެސް ސެކިއުރިޓީ ސިސްޓަމްސް ޗެކް ކުރުމާއި، ދިމާވެދާނެ ނުރައްކާތަކުން ނެޓްވޯރކާއި ވިއުގަ ރައްކާތެރި ކުރުމާއި، ކަނޑައެޅިފައިވާ އުސޫލެއްގެ މަތިން ސިސްޓަމްތަކުގެ އަދި ސާރވަރ ބެކަޕް ނެގުމާއި، އެއްވެސް ސިސްޓަމަކަށް ވައިރަސް ވަދެއްޖެނަމަ އެސިސްޓަމް ނެޓްވޯރކް އިން ޑިސްކަނެކްޓް ކުރުމާއި، ކޮންމެހެން ބޭނުންވާ ސޮފްޓްވެއަރ އެއް ނޫންނަމަ ސިސްޓަމްއަށް އިންސްޓޯލް ނުކުރުމާއި، ސިސްޓަމަށް ސޮފްޓްވެއަރ އިންސްޓޯލް ކުރުން ކޮންޓްރޯލް ކުރުމާއި، އަދިވެސް ސިސްޓަމްތަކުގެ ސެކިއުރިޓީ އަޕްގްރޭޑް ކުރެވޭނެ އެންމެހާ ކަންކަން ތައާރަފްކުރުމާއި، މައްސަލަތައް ދިމާވާ އޭރިއާ ހޯދައި، އެކަންތަކަށް ދާއިމީ ހައްލު ހޯދައިދިނުން.
- އިދާރާގައި ބޭނުންކުރާ ސިސްޓަމްތަކުގެ ލައިސެންސް އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، އޮޕަރޭޓިންގ ސިސްޓަމް އަޕްޑޭޓްކުރުމާއި، ސިސްޓަމްތައް ޓެސްޓުކޮށް ފަހުގެ ޓެކްނޮލޮޖީއާއި އެއްގޮތަށް އަޕްޑޭޓްކުރުން.
- ހާރޑްވެއަރ، ސޮފްޓްވެއަރ އަދި ނެޓްވޯކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ހިދުމަތް މެދުނުކެޑި ދެވޭނެ ގޮތްތައް ހޯދައި އެކަންތައް އިންތިޒާމްކުރުމާއި، ޓެކްނޮލޮޖީއަށް އަންނަ ކުރިއެރުން ބަލައި ދިރާސާކުރުން.
- ޑިޕާރޓްމަންޓުގެ ޕޮލިސީއާއި، ބެސްޓް ޕްރެކްޓިސް ގައިޑްލައިންތައް ޑިވެލޮޕްކޮށް އިމްޕްލިމެންޓްކުރުން
- ޑޮކިއުމަންޓް އަދި ޑިޕާޓްމަންޓްތަކަށް ދޭންވާ އެކްސެސްތަކުގެ ކަންތައްތައް ބަލަހައްޓާ ޑޮކިއުމަންޓް މެނޭޖް ކުރާނެ ސިސްޓަމެއް ގާއިމް ކުރުން.
- ކައުންސިލް އިދާރާގައި ބެހެއްޓިފައިވާ ސީސީޓީވީ ކެމެރާތައް މެއިންޓެނެނެސްކޮށް ބެލެހެއްޓުން
- އިދާރާގެ ނެޓްވޯރކް އެޅުމާއި، ބެލެހެއްޓުމާއި، ނެޓްވޯރކަށް ދިމާވާ އެންމެހާ ކަންކަން ބެލެހެއްޓުން
- ކޮމްޕިއުޓަރ ސިސްޓަމްތައް އޮޑިޓްކުރުމާއި، ޑައިގްނޯސްކުރުމާއި ސިސްޓަމްތަކުގެ ޕާރފޯމަންސް ރިޕޯރޓް އެކުލަވައިލުން
- ޑިޕާޓްމަންޓްގެ މުވައްޒަފުންގެ މަސައްކަތްތައް ހިންގާ ނުހިނގާގޮތް ބަލާ، ސުޕަވައިޒްކޮށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުން
- އޮފިހުގެ ވެބްސައިޓް ޑިވެލޮޕް ކުރުމާއި ވެބްސައިޓް އަޕްޑޭޓް ކުރުން ނުވަތަ އަޕްޑޭޓް ކުރުމުގެ ޕްރޮސީޖަރތައް ހަދާ އިމްޕްލިމެންޓް ކުރުން
- މިނިސްޓްރީތަކުންނާއި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން ނުވަތަ ރަށު ފެންވަރުގައި ފޯރުކޮށްދިނުމަށް ކަނޑައަޅާ ޚިދުމަތްތައް ކައުންސިލްގެ އިދާރާ މެދުވެރިކޮށް ފޯރުކޮށްދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި، މިނިސްޓްރީތަކަށާއި، ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ފޮނުވަންޖެހޭ ރިޕޯރޓްތަކާއި މަޢުލޫމާތުތައް ފޯރުކޮށްދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
- ސަރުކާރު އިދާރާތަކާއި، އަމިއްލަ މުއައްސަސާތަކާއި އަދި އަމިއްލަފަރާތްތަކަށް ތަފާތު ބޭނުންތަކުގައި ފޮނުވޭ ޑޮކިއުމެންޓްތަކާއި، ސިޓީތަށް ސްކޭންކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، ފައިލްކުރުމާއި އަދި ފައިލިންގ ސިސްޓަމް ބެލެހެއްޓުން.
|
މަޤާމުގެ ޝަރުޠުތައް:
|
- މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ޑިޕްލޮމާ ނުވަތަ ލެވެލް 6 ގެ / އެޑްވާންސްޑް ޑިޕްލޮމާ / އެސޯސިއޭޓް ޑިގްރީ ޙާޞިލްކޮށްފައިވުން
|
މަޤާމުގެ ތަޢުލީމީ ރޮނގުތައް:
ކޮންޕިއުޓަރ ސައިންސް
ޕްރިފަރޑް ޑިސިޕްލިންތައް:
ނެތް
ކޯ ޑިސިޕްލިން :
ކޮންޕިއުޓަރ ސައިންސް
ނޯޓު: ކޯ ޑިސިޕްލިންއާ ގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާނަމަ، އެފަރާތަކަށް ކްރައިޓީރިއާގައި ކޯ ޑިސިޕްލިންއަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓް ދެވޭނެއެވެ.
|
މަޤާމުގެ މަސައްކަތުގެ ދާއިރާތައް:
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިއިދާރާގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) http://www.csc.gov.mv/dv/downloads/15151
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައި ވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
އަސާސީ ޝަރުޠު ހަމަވުން
|
30
|
އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު
|
5
|
ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓު
|
5
|
އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ
|
5
|
އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)
|
20
|
އިންޓަރވިއު
|
35
|
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 13 ފެބްރުއަރީ 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގެ ކުރިން، މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލް އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނަޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތި ލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
އިންޓަރވިއު އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި،މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު، އިމްތިޙާން އޮންނާނީ 23 ފެބްރުއަރީ 2025 އާއި 27 ފެބްރުއަރީ 2025 އާ ދެމެދު، މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލް އިދާރާގައެވެ.
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
އިތުރު މަޢުލޫމާތު ހޯދުން
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6560013،6560667 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.
|