ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)252/252/2025/12
ޕަބްލިޝްކުރި ތާރީޚް: 03 ފެބުރުވަރީ 2025
ޕަބްލިޝްކުރި ގަޑި: 14:45
ސުންގަޑި: 06 ފެބުރުވަރީ 2025 14:00
ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް ޤުރުއާން މުބާރާތް 1446 ނިންމުމުގެ ރަސްމިއްޔާތުގެ ފަރިއްކޮޅު ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާނު

 

ކޯޓޭޝަން ހުށަހެޅުމުގެ ދައުވަތު.

 

                                 ކައުންސިލް ޤުރުއާން މުބާރާތް 1446 ނިންމުމުގެ ރަސްމިއްޔާތުގެ ފަރިއްކޮޅު އަމިއްލަ ތަކެތީގަ ހަމަޖައްސައިދިނުމުގެ މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

                                 ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 06 ފެބްރުއަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ކުރިން މަސައްކަތް ކޮށްދެވޭނެ އަގާއި މަސައްކަތު މުއްދަތު ހިމެނޭ ކޯޓޭޝަން  [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

                                 މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

                                 މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މި ކައުންސިލްގެ ޕްރޮކިއުމަންޓް ނަމްބަރ 6500353 ފޯނަށް ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

 

04 ޝައުބާން 1446

03 ފެބްރުއަރީ 2025

03 ފެބުރުވަރީ 2025