ދިވެހިރާއްޖެ
ޅ.ކުރެންދޫ ކައުންސިލްގެ ފަރާތުން 16 މެއި 2025 ން 25 މެއި 2025ގެ ނިޔަލަށް" ލޮއި ކުރެންދޫ ފުޓްސަލް ޗެލެންޖް 2025" ގެ ނަމުގައި
މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތަކީ ޅ.އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކާއި، ރިސޯޓްތަކާއި ސިނާޢީ މަސައްކަތް ކުރާ ރަށްތަކުގެ މެދުގައި
ކުޅިވަރުގެ ރޫޙް އާލާކޮށް އެކުވެރިކަން ބަދަހިކުރުމާއި އެކު، ކުށް މަދުކުރުމާއި ރައްޔިތުންގެ މެދުގައި ކުޅިވަރުގެ ހުނަރު އިތުރު ކުރުމުގެ މަޤްސަދުގައި
ޅ.ކުރެންދޫ ކައުންސިލް އަދި ކުރެންދޫ ޢިޖްތިމާއީ މަރުކަޒާއި ގުޅިގެން، ޗެމްޕިއަން ޓީމަށް -/50،000 (ފަންސާސް ހާސް) ރުފިޔާ އަދި ރަނަރަޕް
ޓީމަށް -/30،000 (ތިރީސްހާސް) ރުފިޔާގެ ފައިސާގެ އިނާމް ހުށަހެޅިގެން ކުރިއަށް ގެންދިއުމަށް ހުޅުވާލެވުނު މުބާރާތެކެވެ.
މި މުބާރާތުގައި ވާދަކުރުމަށް ކުރެންދޫގެ ރަޖިސްޓަރޑް ކުލަބް ޖަމްޢިއްޔާތަކަށް ޙާއްޞަކުރެވޭ 4 ޖާގައަށް ހުޅުވާލަމެވެ. މި މުބާރާތުގައި ބައިވެރިވާން
އެދޭ ފަރާތްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަކުރެއްވުމަށްފަހު 16 އެޕްރީލް 2025ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް
ހުށަހެޅުއްވުން އެދެމެވެ. އަދި ޓީމް ލިސްޓް، 01 މެއި 2025ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން[email protected] އަށް
މެއިލް ކުރެއްވުން އެދެމެވެ. ރަޖިސްޓްރީކުރަން އެދޭ ފޯމާއި ޓީމް ލިސްޓް އަދި ޤަވައިދު ކުރެންދޫ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އިތުރު
މައުލޫމާތު ބޭނުންފުޅުވާނަމަ، ޔޫތު އެސޯސިއޭޓް، އަލްފާޟިލް އަޙްމަދު ޢަބްދުﷲ، 7908642 ނަމްބަރު ފޯނާއި ގުޅުއްވުން އެދެމެވެ.