ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)318-PP/318/2015/56
ޕަބްލިޝްކުރި ތާރީޚް: 29 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 10:27
ސުންގަޑި: 09 އޮގަސްޓް 2015 11:00
މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލައިޓްޖަހަން ބޭނުންވާ ތަކެތި ގަތުމަށް

ފުޓުބޯޅަދަނޑުގައި ލައިޓްޖަހަން ބޭނުންވާތަކެތި ގަންނަން ބޭނުންވެއްޖެއެވެ.

ދަރަވަންދޫ ކައުންސިލްގެ އިދާރާއިން ދެވޭ މަޢުލޫމާތާ އެއްގޮތަށް ބ. ދަރަވަންދޫ ފުޓުބޯޅަދަނޑުގައި ލައިޓް ޖެހުމަށް ބޭނުންވާ ތަކެތި ގަނެ ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މިކަން ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރައްވާ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ދިނުން

2015 އޮގަސްޓު 09 ވާ އާދީއްތަ ދުވަހުގެ 11:00

އަންދާސީހިސާބު ހުށަހެޅުއްވުން

2015 އޮގަސްޓު 13 ވާ ބުރާސްފަތި ދުވަހުގެ 14:00

ހުށަހަޅުއްވާ އަންދާސީހިސާބުތަކަށް މާކްސް ދެވޭނީ، ހުށަހަޅުއްވާ އަގަށް %75 އަދި މުއްދަތަށް %25 އެވެ.

އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވާނަމަ، އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރު 6600002 ފޯނާ ގުޅުއްވުން އެދެމެވެ.

13 ޝައވާލް 1436

29 ޖުލައި 2015