ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)383-MS&IM/383/2025/21
ޕަބްލިޝްކުރި ތާރީޚް: 03 ފެބުރުވަރީ 2025
ޕަބްލިޝްކުރި ގަޑި: 13:50
ސުންގަޑި: 13 ފެބުރުވަރީ 2025 14:00
ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިމާރާތް ކުރުމުގެ ޤާނޫނާއި އެއްގޮތަށް ޢިމާރާތްކުރުމުގެ މަސައްކަތް ކުރުމަށް އެންގުން

ޤާނޫނު ނަންބަރު 2017/4 "ޢިމާރާތް ކުރުމާބެހޭ ޤާނޫނު" އާއި މި ޤާނޫނުގެ ދަށުން ހެދިފައިވާ، "ޢިމާރާތްކުރުމުގެ ގަވާއިދު" އަދި "ޢިމާރާތްކުރުމާބެހޭ އިދާރީ ގަވާއިދު" ގައިވާ ގޮތުގެ މަތިން ހުއްދަ ހޯދުމަކާއި ނުލައި ޢިމާރާތްކުރުމުގެ އެއްވެސް މަސައްކަތެއް ކުރުމަކީ މަނާކަމެކެވެ.

ނަމަވެސް، އިސްވެ ދެންނެވުނު ޤާނޫނާއި ޤަވާއިދުތަކާއި ޚިލާފަށް މިރަށުގައި ބައެއް ފަރާތްތަކުން ޢިމާރާތްކުރުމުގެ މަސައްކަތް ކުރަމުން ގެންދާކަން ވަނީ ފާހަގަ ކުރެވިފައެވެ.

ވީމާ، ޤާނޫނާއި ޤަވާއިދުގައިވާ ގޮތުގެމަތިން ޢިމާރާތުގެ ކުރެހުން ފާސްކޮށް، ޢިމާރާތްކުރުމުގެ ހުއްދައާއި ޢިމާރާތް ބޭނުންކުރުމުގެ ހުއްދަ ހޯދައިގެން އިމާރާތް ކުރުމާއި އިމާރާތް ބޭނުންކުރަމުން ގެންދިއުމަށް އަންގަމެވެ.

03 ފެބުރުވަރީ 2025