ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-AD/426/2025/79
ޕަބްލިޝްކުރި ތާރީޚް: 03 ފެބުރުވަރީ 2025
ޕަބްލިޝްކުރި ގަޑި: 13:18
ސުންގަޑި: 10 ފެބުރުވަރީ 2025 14:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - އައްޑޫސިޓީ ވިޔަފާރިވެރިންގެ ބާޒާރު – ރޯދަ ސޭލް

އިޢުލާން

 

އައްޑޫސިޓީ ވިޔަފާރިވެރިންގެ ބާޒާރު – ރޯދަ ސޭލް

 

އައްޑޫސިޓީ ކައުންސިލުން އިންޒާމްކޮށްގެން، 2025 ފެބްރުވަރީ 21 އިން 2025 ފެބްރުވަރީ 25 އަށް ހިތަދޫ ސްޓޭޖް ސަރަހައްދުގައި، ހަވީރު 16:00 އިން ރޭގަނޑު 22:00 އަށް "އައްޑޫ ސިޓީ ވިޔަފާރި ވެރިންގެ ބާޒާރު – ރޯދަ ސޭލް" އެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ބާޒާރުގައި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކާއި، އޮންލައިން ވިޔަފާރިތަކާއި، ވިޔަފާރި ރެޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކާއި އަމިއްލައަށް އުފެއްދުންތެރި ކާނާގެ ބާވަތްތަކުގެ ވިޔަފާރިތަކަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. މި ބާޒާރުގައި ވިއްކޭނީ ރާއްޖޭގައި ވިޔަފާރި ކުރުމަށް ހުއްދަ ކޮށްފައިވާ ތަކެއްޗެވެ. 

މި ބާޒާރުގައި 21 ސްޓޯލެއް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، 17 ސްޓޯލް ވިޔަފާރިތަކަށް، ރެޔަކަށް 150/- ރުފިޔާގެ ރޭޓުން އަދި 04 ފުޑް ސްޓޯލް، ރެޔަކަށް 200/- ރުފިޔާގެ ރޭޓުން  ފީއެއް ނެގުމަށް ވަނީ ހަމަޖެހިފައިއެވެ.

ވީމާ، މި ބާޒާރުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފާރަތްތަކުން، 2025 ފެބްރުވަރީ 10 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން ތިރީގައި މިވާ ގޫގުލް ފޯމު ފުރިހަމަކޮށް ފޮނުވައިދެއްވުން އެދެމެވެ.

ގޫގުލް ފޯމު ލިންކު:https://forms.gle/6ci3HbbgsTuT3YDd6

04 ޝަޢުބާން  1446

03 ފެބްރުވަރީ  2025

03 ފެބުރުވަރީ 2025