ނީލަން
ނަންބަރު: (IUL)363/2025/03
ޕަބްލިޝްކުރި ތާރީޚް: 30 ޖަނަވަރީ 2025
ޕަބްލިޝްކުރި ގަޑި: 12:44
ސުންގަޑި: 08 ފެބުރުވަރީ 2025 14:15
މުލަކަތޮޅު ވޭވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަލަށް ދޫކުރާ ގޯތި ތަކުގެ ބިންތަކުން ކަނޑާފައިވާ ރުއްތަކެއް ނީލަން ކިޔުމާއިބެހޭ

ރަށުގެ މީހުން ދިރިއުޅޭ ހިސާބު ދެކުން ދޫކުރަން ހަމަޖެހިފައިވާ 16 ގޯއްޗާއި މަގު ހިމެނޭ ސަރަހައްދުން ކަނޑާފައިވާ ރުއްތަކެއް ނީލަން ކިޔުމަށް ބޭނުންވެއެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވަނީ ފުނި ޖަހާފައިވާ ތަރުތީބުންނާއި ވަކިވަކިން ގުޅީގައި ނަމްބަރ ޖަހާފައިވާ ތަރުތީބުންނެވެ. ހުރިހާ ރުއް ގުޅި ތަކެށް ހުންނާނީ 7 ފުންޔަކަށް ބަހާލެވިފައެވެ. ވަކިން ނީލަން ކިޔަން ހަމަޖެހިފައިވާ ރުއް ގުޅިތަކުގައި އޮރެންގް އަދި ފެހި ކުލައިން ނަމްބަރ ޖެހިފައިވާނެއެވެ. ނަމްބަރ ނުޖަހާ ރުއްގުޅި ތަށް ނީލަންކިޔާނީ ފުނި އެއްކޮށެވެ. ނީލަން ކިޔަން ފަށާނީ ވަކިން ނީލަން ކިޔަން ހަމަޖެހިފައިވާ ރުއްގުޅިތަކުންނެވެ. ވަކިން ނީލަން ކިޔައިގެން ނީލަމުން ނުނަގާ ހުންނަ ރުއްގުޅި ހިމެނޭ ފުނި ނީލަން ކިޔާއިރު އެ ފުނީގައި ހިމަނައިގެން ނީލަން ކިޔާނޭނެއެވެ. ބަހާލެވިފައިވާ ވަކިވަކި ފުނިތައް ނީލަން ކިޔާނީ އެ ފުންޔެއްގެ ވަކިން ނީލަންކިޔަން އޮތް ރުއްގުޅިތަށް ނީލަންކިޔާ ނިންމާފައެވެ. ނީލަން ފެށުމަށް ހަމަޖެހިފައިވަނީ 08 ފެބުރުއަރީ 2025 ވަނަ ދުވަހުގެ 14:15 ގައެވެ.

ތިރީގައި އެ ވަނީ ރުއް ގުޅި ފުނިތައް ހުރި ސަރަހައްދާއި، ވަކިން ނީލަންކިޔަން ހަމަޖެހިފައިވާ ރުއްގުޅިތައް ހުރި ތަނުގެ އިތުރު ތަފްސީލް ތަކެވެ.

 

  • ނީލަން ފަށާތަން: އާ ކައުންސިލް އިދާރާއާއި އިންވެގެން ދެކުނަށް ރަށްހުރަހަށް އޮންނަ މަގުގެ ހުޅަނގުކޮޅު ބަނދަރާއި އެންމެގާތަށްހުރި ރުއްގުޅިތައްކައިރި
  • ވަކި ގުޅިއެށް ނީލަން ކިޔަން ފަށާ އަގު: 100.00 ރުފިޔާ، އިތުރު ކުރެވޭ އަދަދު: 10.00 ރުފިޔާ
  • ފުނި 1 ފެށާ އަގު: 500.00 ރުފިޔާ، އިތުރު ކުރެވޭ އަދަދު: 50.00 ރުފިޔާ
  • ފުނި 2 ފެށާ އަގު: 1000.00 ރުފިޔާ، އިތުރު ކުރެވޭ އަދަދު: 50.00 ރުފިޔާ
  • ފުނި 3 ފެށާ އަގު: 300.00 ރުފިޔާ، އިތުރު ކުރެވޭ އަދަދު: 50.00 ރުފިޔާ
  • ފުނި 4 ފެށާ އަގު: 50.00 ރުފިޔާ، އިތުރު ކުރެވޭ އަދަދު: 20.00 ރުފިޔާ
  • ފުނި 5 ފެށާ އަގު: 500.00 ރުފިޔާ، އިތުރު ކުރެވޭ އަދަދު: 50.00 ރުފިޔާ
  • ފުނި 6 ފެށާ އަގު: 400.00 ރުފިޔާ، އިތުރު ކުރެވޭ އަދަދު: 50.00 ރުފިޔާ
  • ފުނި 7 ފެށާ އަގު: 600.00 ރުފިޔާ، އިތުރު ކުރެވޭ އަދަދު: 50.00 ރުފިޔާ

 

  • ރުއްގުޅި ފުނި ނަމްބަރ1: އާ ކައުންސިލް އިދާރާގެ ދެކުނުން އިންވެގެން ރަށްހުރަހަށް އޮންނަ މަގުގެ ހުޅަނގުކޮޅު ހަވީރީ ހިނގުމުގެ އިރުފަރާތުކައިރި،
  • ރުއްގުޅި ނަމްބަރ - 1
  • ރުއްގުޅި ނަމްބަރ - 2
  • ރުއްގުޅި ނަމްބަރ - 3
  • ރުއްގުޅި ނަމްބަރ - 4
  • ރުއްގުޅި ނަމްބަރ – 5

 

  • ރުއްގުޅި ފުނި ނަމްބަރ 2: އާ ކައުންސިލް އިދާރާގެ ދެކުނުން އިންވެގެން ރަށްހުރަހަށް އޮންނަ މަގުގެ އުތުރުން އާކައުންސިލް އިދާރާގެ ހުޅަނގު، ހަވީރީހުނގުމުގެ އިރުން'
  • ރުއްގުޅި ނަމްބަރ - 6
  • ރުއްގުޅި ނަމްބަރ - 7
  • ރުއްގުޅި ނަމްބަރ - 8
  • ރުއްގުޅި ނަމްބަރ - 9
  • ރުއްގުޅި ނަމްބަރ – 10
  • ރުއްގުޅި ނަމްބަރ - 11
  • ރުއްގުޅި ނަމްބަރ - 12
  • ރުއްގުޅި ނަމްބަރ – 13

 

  • ރުއްގުޅި ފުނި ނަމްބަރ 3: އާ ކައުންސިލް އިދާރާގެ ދެކުނުން އިންވެގެން ރަށްހުރަހަށް އޮންނަ މަގުގެ ދެކުނުން އޯކިޑްމަގުގެ ހުޅަނގު،
  • ރުއްގުޅި ނަމްބަރ - 14
  • ރުއްގުޅި ނަމްބަރ – 15

 

  • ރުއްގުޅި ފުނި ނަމްބަރ 4: އާ ކައުންސިލް އިދާރާގެ ދެކުނުން އިންވެގެން ރަށްހުރަހަށް އޮންނަ މަގުގެ ދެކުނުން ވެވު ހިނގުމުގެ ހުޅަނގުފަޅީގައި
  • ރުއްގުޅި ނަމްބަރ - 16
  • ރުއްގުޅި ނަމްބަރ – 17
  • ރުއްގުޅި ނަމްބަރ – 18

 

  • ރުއްގުޅި ފުނި ނަމްބަރ 5: ވެވުހިނގުމުގެ އިރު، ބިނާ ގޯތީގެ ދެކުނުން
  • ރުއްގުޅި ނަމްބަރ - 19
  • ރުއްގުޅި ނަމްބަރ – 20

 

  • ރުއްގުޅި ފުނި ނަމްބަރ 6: އާ ކައުންސިލް އިދާރާގެ ދެކުނުން އިންވެގެން ރަށްހުރަހަށް އޮންނަ މަގާއި އާސާރީ ހިނގުމުގެ ހުޅަނގު ކަންމަތީގައި
  • ރުއްގުޅި ނަމްބަރ - 21
  • ރުއްގުޅި ނަމްބަރ - 22
  • ރުއްގުޅި ނަމްބަރ - 23
  • ރުއްގުޅި ފުނި ނަމްބަރ 7: އާ ކައުންސިލް އިދާރާގެ ދެކުނުން އިންވެގެން ރަށްހުރަހަށް އޮންނަ މަގުގެ އުތުރުން، ދެރާރުއްމަގުގެ ދެކުނުން، އާސާރި ހިނގުމުގައި
  • ރުއްގުޅި ނަމްބަރ - 24
  • ރުއްގުޅި ނަމްބަރ - 25
  • ރުއްގުޅި ނަމްބަރ - 26
  • ރުއްގުޅި ނަމްބަރ - 27

މަތީގައިވާ ރުއްގުޅިތައް ނީލަމުން ނަގަން ބޭނުންވާ ފަރާތްތަކުން މަތީގައިވާ ތާރީޚްގެ ގަޑިޔަށް ނީލަމުގައި ބައިވެރިވުމަށް އެ ސަރަހައްދަށް ދުރުވެ ދެއްވުން އެދެމެވެ. މިތަކެތި ނީލަމުން ނަގާފަރާތްތަކުން ނީލަމުން ނަގާދުވަހުން ފެށިގެން ފަސްދުވަހުގެތެރޭގައި މިއިދާރާއަށް ފައިސާ ދައްކާ ނިންމެވުމަށް ދަންނަވަމެވެ. އަދި އެތަކެތި ނީލަމުން ނަގާދުވަހުން ފެށިގެން ފަނަރަ ދުވަހުގެތެރޭ އެސަރަހައްދުން ތަކެތިނަގާ ނިންމުން އެދެމެވެ. ފަނަރަ ދުވަސް ހަމަވާއިރު އެސަރަހައްދުން ނުނަގާހުންނަ ތަކެތި ނައްތާލުން ނުވަތަ އެތަކެތި ބޭނުންވާ ފަރާތަކަށް ދަރުގެ ގޮތުގައި ދިނުމުގެ އިހުތިޔާރު މި ކައުންސިލަށް ލިބިގެންވާ ކަމުގައި ދަންނަވަމެވެ.

 

ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.

30 ޖަނަވަރީ 2025