ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)415-HR/415/2025/27
ޕަބްލިޝްކުރި ތާރީޚް: 03 ފެބުރުވަރީ 2025
ޕަބްލިޝްކުރި ގަޑި: 12:11
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސަޢޫދީ ޢަރަބިއްޔާއިން ހަދިޔާކުރެއްވި ކަދުރު ބެހުމާބެހޭ

އިޢުލާން

ސަޢޫދީ ޢަރަބިއްޔާއިން ހަދިޔާކުރެއްވި ކަދުރު ބެހުމާބެހޭ

2025 ވަނަ އަހަރުގެ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ބެއްސެވުމަށް ސަޢޫދީ  ޢަރަބިއްޔާގެ ސަރުކާރުން ދެއްވި ކަދުރުގެ ތެރެއިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ތިނަދޫސިޓީއަށް ދެއްވި 2 ކިލޯގެ 465 ޕެކެޓް ކަދުރުގެ ތެރެއިން 2024 ވަނައަހަރު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އެކުލަވާލާފައިވާ ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ގޭބިސީތަކަށް (35 ގޭބިސީ އަށް) ކޮންމެ ގެއަކަށް 1 ކިލޯގެ 1 ޕެކެޓުގެ މަގުން ކަދުރު ބެހުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެގޭގެއަށް ކަދުރު ޙަވާލުކުރުމަށްފަހު،  ބާކީވާ ކަދުރު އެހެނިހެން ގޭބިސީތަކަށް ބެހުމަށްވެސް ވަނީ ހަމަޖެހިފައެވެ. 

ކަދުރު ބަހާނީ، މިއިދާރާއިން ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހަދާދީފައިވާ އަދި އެގެއެއްގައި މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް   1 ކިލޯގެ 1 ޕެކެޓް ކަދުރު ލިބިދެވޭ ޢުސޫލުން ލިބިފައިވާ ކަދުރު ހުސްވަންދެންނެވެ. ގޭބިސީއެއްގެ ގޮތުގައި ބަލާނީ ވަކިން ކަރަންޓު މީޓަރެއް ހުންނަ އެތަނެއްގައި ދިވެހި ބަޔަކު ކައްކާ ކައިއުޅޭ، ދިރިއުޅުމުގެ ބޭނުމަށް ދޫކޮށްފައިވާ ގޯތި / ފުލެޓް / ރޯހައުސްތަކެވެ. ގޭގެއަށް ކަދުރު ބަހާނީ، އެގެއެއްގެ ރަށްވެހީންގެ ރަޖިސްޓްރީގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްގެ އައިޑީ ކާޑުގެ އަޞްލާއެކު ކަދުރު ޙަވާލުވާނެ  ދިވެހި ރައްޔިތަކު އާބާދީ މަރުކަޒަށް ޙާޟިރުވުމުން ފުރަތަމަ އަންނަ ފަރާތަކަށް ފުރަތަމަ ލިބިދެވޭ އުޞޫލުންނެވެ. ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ 04 ފެބްރުވަރީ 2025 އިން ފެށިގެން 20 ފެބްރުވަރީ 2025 ގެ ނިޔަލަށް ރަސްމީ ބަންދުނޫން  ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 12:00 އަށް މިއިދާރާއަށް ލިބިފައިވާ ކަދުރު ހުސްވަންދެންނެވެ.

މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި ޢިއުލާންކުރަމެވެ.

04 ޝަޢުބާން 1446 .ހ

03 ފެބުރުވަރީ 2025