ދިވެހިރާއްޖެ
އިޢުލާން |
1446 ވަނަ އަހަރު ރަމަޟާން މަހު ބޭއްވުމަށް ހަމަޖެހިފައިވާ ޤުރުޢާން މުބާރާތާއިބެހޭ
1446ވަނަ އަހަރު ރަމަޟާން މަހު މިކައުންސިލްގެ 07 ވަނަ ޤުރުއާން މުބާރާތް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. އުމުރުފުރާތަކަކީ: 7 އަހަރުންދަށް، 9 އަހަރުންދަށް، 12 އަހަރުންދަށް، 16 އަހަރުންދަށް، އަދި 16 އަހަރުންމަތިންނެވެ. މިމުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 2 ގޮތްޕަކަށް ބަހާލައިގެންނެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮތްޕަކާއި ހިތުންކިޔެވުމުގެ ގޮތްޕެކެވެ.
ހޮވުމަށް ހަމަޖައްސާފައިވާ ވަނަތަކަކީ ކޮންމެ އުމުރުފުރާއަކުން، ބަލައިގެން އަދި ހިތުން ކިޔެވުމުގެ ބައިން 1ވަނަ، 2ވަނަ އަދި 3ވަނަ އާއި ކޮންމެ ގޮތްޕަކުންވެސް 1ވަނަ، 2ވަނަ އަދި 3ވަނަ އާއި މުޅިމުބާރާތުން 1ވަނަ، 2ވަނަ އަދި 3ވަނަ އެވެ.
މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 13 ފެބުރުއަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެކުރީން މިއިދާރާއަށް ފޯމް ހުށަހެޅުއްވުންއެދެމެވެ. ފޯމް ލިބިވަޑައިގަންނަވާނީ މިއިދާރާގެ ކައުންޓަރުންނެވެ.
މިމުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 2025 މާރޗު 14 އަދި 15 ވާ ( ހުކުރު ، ހޮނިހިރު ) ދެދުވަހުއެވެ. މުބާރާތްފެށުމަށް ހަމަޖެހިފައިވަނީ 14 މާރޗު 2025 ވާ ހުކުރު ދުވަހުގެ މެންދުރުފަހު 14:00 ން ފެށިގެންނެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.