ޢާންމު މަޢުލޫމާތު
ނަންބަރު: (A)CA-2015/188
ޕަބްލިޝްކުރި ތާރީޚް: 29 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 10:01
އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
2015 އޮގަސްޓު 1 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ 3 ދާއިރާގެ ބައި-އިލެކްޝަން ނުބާއްވާގޮތަށް ހަމަޖެއްސުން

މި ކޮމިޝަނުގެ ނަންބަރު: A)CA-2015/123,125,128) (ތާރީޚު: 9 އެޕްރީލް 2015) މި 3 އިޢުލާނަށް ހަވާލާދީ ދަންނަވަމަވެ.

ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 31 ވަނަ މާއްދާއަށް ރައްޔިތުންގެ މަޖިލީހުން ގެނެސްފައިވާ އިސްލާޙު، 2015 ޖުލައި 29 ގައި ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވައި، އެ އިސްލާޙު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައިވާތީ، 2015 އޮގަސްޓު 1 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ހއ. ދިއްދޫ ކައުންސިލާއި، ހދ. ނައިވާދޫ ކައުންސިލާއި، ނ. ހެނބަދޫ ކައުންސިލްގެ ބައި-އިލެކްޝަން ނުބާއްވާގޮތަށް ހަމަޖައްސައިފީމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި، އިޢުލާނު ކުރަމެވެ.  

13 ޝައްވާލް 1436

29 ޖުލައި 2015