މަސައްކަތް
ނަންބަރު: (IUL)307/INDIV/2025/7
ޕަބްލިޝްކުރި ތާރީޚް: 03 ފެބުރުވަރީ 2025
ޕަބްލިޝްކުރި ގަޑި: 10:24
ސުންގަޑި:
09 ފެބުރުވަރީ 2025 10:00
މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އިންނަމާދޫގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ އޭ.ޓީ.އެމް އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން
އިޢުލާން
އިންނަމާދޫގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ އޭ.ޓީ.އެމް އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން
ރ. އިންނަމާދޫގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ބޭންކް އޮފް މޯލްޑިވްސްގެ އޭ.ޓީ.އެމް ޢިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުއްވެއްޖެއެވެ.
ކުރަންޖެހޭ މަސައްކަތް:
- އޭޓީއެމް ބަހައްޓާ ޢިމާރާތުގެ ފައުންޑޭޝަން އެޅުމަށް ކޮނުމާއި، 50 އެމް.އެމްގެ ލީން ކޮންކުރިޓް އަޅާ ފައުންޑޭޝަން ބީމް ކޮންކްރީޓް ކުރުމާއިއެކު ފައުންޑޭޝަންގެ މަސައްކަތާއި އިމާރާތުގެ ބޭރުން ވަށައިގެން 12 އިންޗި، 3 އިންޗި ބޯމިނުގެ ކޮންކްރިޓް ތަޅުން އަޅައި ލެވެލްކޮށް އެންމެހައި މަސައްކަތެއް ކުރެހުމުގައި ދައްކާފައިވާ ގޮތަށް ކޮށް ނިންމުން (މި މަސައްކަތް ކުރާނީ ކޮންޓްރެކްޓަރގެ އަމިއްލަ ޚަރަދުގައި)
- އިމާރާތުގެ ބޭރުތަޅުމާއި، އަދި އިމާރާތަށް ވަންނަ ހަރުފަތާއި ރޭމްޕް، ބޭރުފާރުގެ ތަޅުމުން ތިރީގެ ފާރާއި ޕްލާންޓް ބޮކްސް، އެތެރެއާއި ބޭރުގައި މުށިޖެހުމުގެ އެންމެހައި މަސައްކަތް ދީފައިވާ ކުރެހުމާއި އެއްގޮތަށް ކޮށްނިންމުން. (ބޭންކުން ޓައިލްސް ދިނުމުން)
- އިމާރާތުގެ އެންމެހާ މަސައްކަތްތައް ނިންމުމަށްފަހު މަގުމަތީގެ ޕޭވްމެންޓާއި ގޯތިތެރޭގައި ކުރެހުމުގައި ފާހަގަކޮށްފައިވާ އޭރިޔާގައި 300x300 އެމް.އެމް ގެ ގައު އަތުރާ ރަނގަޅުކޮށް ތަންސާފުކޮށް ނިންމުން (މި މަސައްކަތް ކުރާނީ ކޮންޓްރެކްޓަރގެ އަމިއްލަ ޚަރަދުގައި)
- އޭޓީއެމް ގޯތީގެ ވަށާފާރު ކުރެހުމުގައި ދައްކާފައިވާގޮތަށް (އުސްމިނާއި ވަށައިގެންވާ މިންތަކާ އެއްގޮތަށް) ކެނޑުމާއި ރޭނުމާއި ސިމެންތި ޖެހުމުގެ އެންމެހާ މަސައްކަތް ދީފައިވާ ކުރެހުމާއި އެއްގޮތަށް ކޮށް ނިންމައި، ވޯލްސީލަރާއި ކުލަލުމުގެ އެންމެހާ މަސައްކަތް ކޮށް ނިމުމުން ބޭރުފާރުތަކުގައި ލާނީ ބޭންކުން ދޭ ކުލައެކެވެ. ފާރުތަކުގައި ވޯލްސީލަރ ގެ އިތުރުން ތިން ކޯޑް ކުލަލާ ރީތިކުރަންވާނެއެވެ. (މި މަސައްކަތް ކުރާނީ ކޮންޓްރެކްޓަރގެ އަމިއްލަ ޚަރަދުގައި)
ސަމާލު ކަންދޭންޖެހޭ ކަންކަން
- މުޅި މަސައްކަތުގެ ޖުމްލަ އަގު ހިމެނޭ ގޮތަށް އަގު ހުށަހެޅުން.
- އަމިއްލަ ތަކެތީގައި މަސައްކަތް ކޮށްދިނުމަށް މަސައްކަތުގެ އަގާއި ތަކެތީގެ އަގު ހިމަނައިގެން އަގު ހުށަހެޅުން
- މަސައްކަތުގެ ކޮންކްރިޓް ރޭޝިއޯ އަކީ 1:2:3 (1 ސިމެންތި، 2 ހިލަވެލި، 3 ހިލަ)
- ކޮންކްރިޓް މަސައްކަތަށް ބޭނުން ކުރާނެ ދަގަނޑުގެ ސައިޒުތަކާއި މިންތައް ކުރެހުމުގައި ބަޔާން ކުރެވިފައިވާތީ، ކުރެހުމުގައިވާ ގޮތަށް އެމަސައްކަތް ކުރުން
މަސައްކަތަށް ބޭނުންވާ ތަކެތި
- މި މަސައްކަތަށް ބޭނުންވާ ހުރިހާ ތަކެއްޗެއްވެސް ހޯދާނީ މަސައްކަތް ކުރުމަށް ހަވާލުކުރެވޭ ފަރާތުންނެވެ.
- މަސައްކަތަށް ބޭނުންވާ ކަރަންޓާއި ފެން ހޯދާނީ ކޮންޓްރެކްޓަރ އަމިއްލައަށެވެ.
- ޓައިލްސް ޖެހުމަށް ބޭނުންވާ ޓައިލްސް އަދި ކުލަ ލުމަށް ބޭނުންވާ ކުލަ ބޭންކް އޮފް މޯލްޑިވްސް ގެ ފަރާތުން ފޯރުކޮށް ދޭނެއެވެ. އަދި މަސައްކަތަށް ބޭނުންވާ އެންމެހައި ހުއްދަތަށް ނެގުމަށް ބޭނުންވާ އެހީތެރިކަން ބޭންކުން ފޯރުކޮށް ދޭނެއެވެ.
- ކަރަންޓް ގުޅުމަށް މަގުމަތީ ވަޅުލާ ކޭބަލްގެ އަގާއި ވަޅުލުމުގެ މަސައްކަތު އަގު މި މަސައްކަތަށް ހުށަހަޅާ އަގުގެ ތެރޭގައި ނުހިމެނެއެވެ.
އެހެނިހެން ބައިތައް:
- މި މަސައްކަތަށް ހުށައަޅާ ކޮޓޭޝަންގައި މި މަސައްކަތް ފުރިހަމަކޮށް ނިންމޭނެ މުއްދަތު ހިމަނަންވާނެއެވެ.
- ކޮޓޭޝަންތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނީ ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުންނެވެ.
- މި މަސައްކަތް ހަވާލުކުރެވޭނީ އިވެލުއޭޝަންގައި އެންމެ މަތިން މާކްސް ލިބޭ ފަރާތަކާއެވެ.
- މި މަސައްކަތަށް ކޮޓޭޝަން ހުށައެޅޭނީ ތިރީގައި މިވާ ފަރާތްތަކަށެވެ.
- ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް.
- އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް.
- ކުލަބު ޖަމުއިއްޔާތަކަށް.
- ޤާނޫނީ ހައިސިއްޔަތު ލިބިފައިވާ ކޮމެޓީތަކަށް.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 09 ފެބްރުވަރީ 2025 ވާ އާދިއްތަ ދުވަހުގެ 10:00 ގެ ކުރިން މަސައްކަތްކޮށްދެވޭނެ އަގަކާއި މުއްދަތު ބަޔާންކޮށް ބޭންކް އޮފް މޯލްޑިވްސް އަށް އެޑްރެސްކޮށް ކޯޓޭޝަން މިއިދާރާއަށް ހުށައެޅުއްވުން އެދެމެވެ. ކޮޓޭޝަން އީމެއިލް ކުރައްވަން ބޭނުންފުޅުނަމަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
03 ފެބުރުވަރީ 2025