ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)307/INDIV/2025/6
ޕަބްލިޝްކުރި ތާރީޚް: 03 ފެބުރުވަރީ 2025
ޕަބްލިޝްކުރި ގަޑި: 10:11
ސުންގަޑި: 09 ފެބުރުވަރީ 2025 11:00
މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިންނަމާދޫ ހުކުރު މިސްކިތުގެ އޭސީތައް ސާރވިސްކޮށް ބަދަލުކޮށްދޭނެ ފަރާތެއް ހޯދުން:

އިޢުލާން

 

އިންނަމާދޫ ހުކުރު މިސްކިތުގެ އޭސީތައް ސާރވިސްކޮށް ބަދަލުކޮށްދޭނެ ފަރާތެއް ހޯދުން:

ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރ. އިންނަމާދޫ ހުކުރު މިސްކިތް (މަސްޖިދުލް ތަޢާވުން)ގެ އޭސީތައް ސާރވިސް ކޮށް، ހަލާކުވެފައިވާ އެސީތައް ބަދަލުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެވެ.

 

 ކުރަންޖެހޭ މަސައްކަތް:

  • މަޖިސުލް ތަޢާވުން (ހުކުރު މިސްކިތުގައި) ހަރުކުރެވިފައިވާ 24,000 ބީޓީޔޫގެ 11 (އެގާރަ) އޭސީ ސާރވިސް ކުރުން
  • މަސްޖިދުލް ތަޢާވުން (ހުކުރު މިސްކިތުގައި) ހަރުކުރެވިފައިވާ އޭސީތަކުގެ ތެރެއިން ސާރވިސް ކުރެވޭވަރަށްވުރެ ބޮޑަށް ހަލާކުވެފައިވާ 2 (ދޭއް) އޭސީ ނަގައި އައު އެސީއާއި އައުޓްޑޯ ހަރުކޮށް ޓެސްޓް ކުރުން
  • އޭސީތައް ސަރވިސް ކުރާއިރު ގޭސް އަޅަންޖެހޭ ކަން ފާހަގަ ކުރެވިއްޖެނަމަ ގޭސް އަޅާ ހަމަކުރުން
  • އެއްވެސް ލީކެއް އުޅޭކަން ފާހަގަ ކުރެވިއްޖެނަމަ އެކަން ޙައްލުކޮށް ރަނގަޅު ކުރުން
  • މީގެ އިތުރުން އޭސީތަކުން އިތުރު މައްސަލައެއް ފާހަގަ ކުރެވިއްޖެނަމަ އެ މައްސަލައެއް ހައްލު ކުރުން

 

 ސަމާލު ކަންދޭންޖެހޭ ކަންކަން:

  • ފަރުޟު ނަމާދުގެ ޖަމާޢަތަށް ޚާއްޞަ ކުރެވިފައިވާ ވަގުތުގައި (ނަމާދަށް ބަންގި ގޮވުމުގެ 20 މިނެޓު ކުރިން ފެށިގެން ސަލާމް ދިނުމަށްފަހު 20 މިނެޓުގެ ވަގުތު) ގައި މިސްކިތުގައި އެއްވެސް މަސައްކަތެއް ނުކުރުން.
  • މިސްކިތާއި މިސްކިތުގެ ގޯތިތެރޭގެ ސާފު ތާހިރުކަން ނުގެއްލޭ ގޮތަށް މަސައްކަތް ކުރުން
  • މިސްކިތަށް ނަމާދަށް އަރާފައިބާ މީހުންނަށް ދަތި ނުވާނެ ގޮތަށް މަސައްކަތް ކުރުމާއި ތަކެތި ބެހެއްޓުމާއި އަދި ތަކެތި ގެންގުޅުން
  • މިސްކިތު އެތެރެއަށް އެޅޭ ކުންޏާއި ހިރަފުސް ފަރުޟު ނަމާދުތަކަށް ބަންގި ގޮވުމުގެ 20 މިނެޓު ކުރިން ސާފުކުރުން
  • މަސައްކަތް ނިންމާ، މަސައްކަތް ކުރަން ބޭނުންކުރި ތަކެތިނަގާ ރީތިކޮށް ސާފުކޮށް ތަރުތީބު ކުރުން.
  • މަސައްކަތް ކުރުމުގެ ތެރޭގައި ލިބޭ ގެއްލުމުގެ ޒިންމާވުން.

 

 މަސައްކަތަށް ބޭނުންވާ ތަކެތި:

  • މި މަސައްކަތަށް ބޭނުންވާ ހުރިހާ ތަކެއްޗެއްވެސް ހޯދާނީ މަސައްކަތް ކުރުމަށް ހަވާލުކުރެވޭ ފަރާތުންނެވެ.
  • މަސައްކަތަށް ބޭނުންވާ ކަރަންޓް، ފެން އަދި ބަދަލުކުރުމަށް ބޭނުންވާ 2 އޭސީ ކައުންސިލުން ފޯރުކޮށް ދެވޭނެއެވެ.

 

އެހެނިހެން ބައިތައް:

  • މި މަސައްކަތަށް ހުށައަޅާ އަގު 35,000 (ތިރީސް ފަސްހާސް ރުފިޔާ) އަށްވުރެ ބޮޑުވެގެން ނުވާނެއެވެ.
  • މި މަސައްކަތަށް ހުށައަޅާ ކޮޓޭޝަންގައި މި މަސައްކަތް ފުރިހަމަކޮށް ނިންމޭނެ މުއްދަތު ހިމަނަންވާނެއެވެ.
  • ކޮޓޭޝަންތައް އިވެލުއޭޓް ކުރުމުގައި މަސައްކަތުގެ އަގަށް %90، ހުށައަޅާ މުއްދަތަށް އަދި މަސައްކަތުގެ ތަޖުރިބާއަށް ގެ މަގުން މާކްސް ދެވޭނެއެވެ.
  • މި މަސައްކަތް ހަވާލުކުރެވޭނީ އިވެލުއޭޝަންގައި އެންމެ މަތިން މާކްސް ލިބޭ ފަރާތަކާއެވެ.
  • މި މަސައްކަތަށް ކޮޓޭޝަން ހުށައެޅޭނީ ތިރީގައި މިވާ ފަރާތްތަކަށެވެ.
  • ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް.
  • އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް.
  • ކުލަބު ޖަމުއިއްޔާތަކަށް.
  • ޤާނޫނީ ހައިސިއްޔަތު ލިބިފައިވާ ކޮމެޓީތަކަށް.

 

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 09 ފެބްރުވަރީ 2025 ވާ އާދިއްތަ ދުވަހުގެ 11:00 ގެ ކުރިން މަސައްކަތްކޮށްދެވޭނެ އަގަކާއި މުއްދަތު ބަޔާންކޮށް ކޯޓޭޝަނެއް ހުށައެޅުއްވުން އެދެމެވެ. އަދި ކޯޓޭޝަނާއެކު ހުށަހަޅާ ފަރާތުގެ މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ، ހުށަހެޅުއްވުން އެދެމެވެ. ކޮޓޭޝަން އީމެއިލް ކުރައްވަން ބޭނުންފުޅުނަމަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ހުޅައަޅާ ކޮޓޭޝަންގައި މި މަސައްކަތް ފުރިހަމަކޮށް ނިންމުމަށް ހުށައަޅާ މުއްދަތު ހިމަނާފައިނުވާ އެންމެހާ ކޮޓޭޝަންތައް ބާތިލުކުރެވޭނެ ކަމުގައިވެސް ދަންނަވަމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

03 ފެބުރުވަރީ 2025