ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)307/INDIV/2025/5
ޕަބްލިޝްކުރި ތާރީޚް: 03 ފެބުރުވަރީ 2025
ޕަބްލިޝްކުރި ގަޑި: 09:49
ސުންގަޑި: 11 ފެބުރުވަރީ 2025 13:00
މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލުގެ އެކިއެކި މަސައްކަތްތައް ކުރުމަށްޓަކައި ކޮންޓްރެކްޓް އުސޫލުން 4 ދިވެހި މަސައްކަތު މީހުން ހޯދުމާއި ގުޅޭ:

އިޢުލާން

 

ކައުންސިލުގެ އެކިއެކި މަސައްކަތްތައް ކުރުމަށްޓަކައި ކޮންޓްރެކްޓް އުސޫލުން 4 ދިވެހި މަސައްކަތު މީހުން ހޯދުމާއި ގުޅޭ:

މިކައުންސިލުގެ އެކިއެކި މަސައްކަތްތައް ކުރުމަށްޓަކައި ކޮންޓްރެކްޓް އުސޫލުން 4 ލޭބަރުން (ދިވެހިން) ހޯދަން ބޭނުންވެއްޖެއެވެ. އެގޮތުން ނެގޭ ލޭބަރުން، ކައުންސިލުން އަންގާ ގޮތުގެމަތިން ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް ތިރީގައި މިވަނީއެވެ:

  1. ރަށުގެ ކުނިކޮށި ބެލެހެއްޓުން.
  2. ކައުންސިލުގެ ބެލުމުގެ ދަށުގައިހުރި އެންމެހާ ބިންތައް ބެލެހެއްޓުން.
  3. ބަނދަރު ސަރަހައްދު ސާފުކޮށް ބެލެހެއްޓުން.
  4. ކުނި މެނޭޖްކުރުމުގެ ގޮތުން ގޭބިސީތަކުންނެގޭ ކުނި، ކުނިކޮށްޓަށް ގެނައުމުގެ މަސައްކަތްކުރުން.
  5. ކައުންސިލުގެ ބެލުމުގެ ދަށުގައިހުރި ދަނޑުތަކާއި ކުޅިވަރު ބިންތައް ބެލެހެއްޓުން.
  6. ރަށުގެ އިޖުތިމާއީ ސަރަހައްދު ސާފުކޮށް ބެލެހެއްޓުން.
  7. މަސައްކަތުގެ ދާއިރާއާއި ގުޅޭ ގޮތުން ކައުންސިލުން ހަވާލުކުރާ އެހެނިހެން މަސައްކަތްތަކާއި ކައުންސިލުން ރާވާ ހިންގާ އެންމެހާ ކަންކަމުގައި އަމަލީގޮތުން ބައިވެރިވެ މަސައްކަތްކުރުން.

މަސައްކަތް ކުރަންޖެހޭ ވަގުތު:  ކައުންސިލުން އަންގާ ތާވަލާއި އެއްގޮތަށް ހަފްތާއަކު 5 ދުވަހު، ދުވާލަކު 8 ގަޑިއިރު.

އުޖޫރަ:  7,000.00 (ހަތްހާސް ރުފިޔާ)، މީގެއިތުރުން ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ޝަރުތު:  ލިޔަންކިޔަން އެނގުމާއެކު މަތީގައިވާ މަސައްކަތްތައް ކުރެވޭފަދަ ސިއްހަތެއްގައި ހުރި ފަރާތަކަށްވުން.

މުއްދަތު: 1 އަހަރު (ކައުންސިލުން ބޭނުންވެއްޖެނަމަ އެއްބަސްވުމުގެ މުއްދަތު އިތުރުކުރެވޭނެއެވެ).

 

      ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން،  11 ފެބްރުއަރީ 2025 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން އެކަމަށް ސިޓީ ހުށައެޅުއްވުން އެދެމެވެ. ސިޓީއާއެކު ތިރީގައިމިވާ ލިޔެކިއުންތައް ހިމަނަންވާނެއެވެ.

  1. ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  2. ލިބިފައިވާ ތަމްރީނާއި ތަޖުރިބާގެ ލިޔުންތައް
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑްގެ ކޮޕީ
  4. ހުށައަޅާ ފަރާތުގެ ވަނަވަރު

 

     މިކަމާއި ގުޅިގެން އިތުރުމަޢުލޫމާތު ހޯއްދެވުމަށް، ކައުންސިލްގެ ނަންބަރު 6580052 ނުވަތަ 9892099 އަށް ގުޅުއްވުން އެދެމެވެ.

     މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

03 ފެބުރުވަރީ 2025