ޢާންމު މަޢުލޫމާތު
ނަންބަރު: O6C-B/2025/5
ޕަބްލިޝްކުރި ތާރީޚް: 02 ފެބުރުވަރީ 2025
ޕަބްލިޝްކުރި ގަޑި: 15:00
ސުންގަޑި: 09 ފެބުރުވަރީ 2025 09:00
ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ވަކި ވަގުތަކަށް ކޯޓަށް ހާޒިރުވުމަށް ދައުވާލިބޭ ފަރާތަށް އެންގުން

މިކޯޓްގެ ނަންބަރު ޤަޟިއްޔާ: 2024-O6C_CIV-108 ޤަޟިއްޔާ(ގޯއްޗާއި ޢިމާރާތް ބައިކުރުމުގެ މައްސަލަތައް ހުށަހަޅާ ފޯމު)އާ ގުޅިގެން ވަކި ވަގުތަކަށް ކޯޓަށް ހާޒިރުވުމަށް ދައުވާލިބޭ ފަރާތަށް އެންގުން، ޣައިރު ޙާޟިރުގައި މައްސަލަ ކުރިއަށްގެންދެވޭނެކަން އެންގުން:

އުޞޫލު ނަންބަރު 2021-32 މެޖިސްޓްރޭޓް ކޯޓުތަކުގެ އާއިލީ އިޖުރާއަތުގެ އުސޫލު 409 ވަނަ މާއްދާގެ (ނ)ގައިވާ ގޮތަށް މުޢާމަލާތްކުރެވި ކޯޓަށް ޙާޟިރުވުމަށް ތަކުރާރުކޮށް އަންގައި އަމުރުކުރެވި ކޯޓަށް ޙާޟިރުވެފައިވާ ފަރާތަކަށް ނުވާތީ، އެ މާއްދާގެ (ޅ)ގައިވާ ގޮތުގެމަތިން އެ ލިޔެކިޔުންތަކާއި ޙަވާލުވުމަށް ސިވިލް ކޯޓަށް 08 ޑިސެމްބަރ 2024 ވަނަ ދުވަހުގެ 09:00އަށް ޙާޟިރުވުމަށް ދަޢުވާލިބޭ ރުއްކޮށީގެ / ލ.ގަން ތުނޑި، ޙައްވާ ސަލީމާ (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ނަންބަރު A090822)އަށް އަންގައި އަމުރުގެ ރަތް ނޯޓިހެއް އެފަރާތުގެ ދާއިމީ އެޑްރެހުގައި ހަރުކޮށް އެފަރާތުން އެ އަމުރުގައިވާ ގަޑިއަށް ޙާޟިރުފައިނުވާތީ، ޙަވާލާދެވުނު މާއްދާގެ (ކ)ގައިވާ ގޮތުގެމަތިން އެ ޤަޟިއްޔާގެ ޝަރީޢަތުގެ އަޑުއެހުމަށް 09 ފެބްރުއަރީ 2025 ވަނަ ދުވަހުގެ 09:00އަށް ޙާޟިރުވުމަށް އަންގައި، އެތާރީޚާއި ގަޑިއަށް ކޯޓަށް ޙާޟިރުނުވެއްޖެނަމަ ޙަވާލާދެވުނު މާއްދާގެ (އ)ގައިވާ ގޮތުގެމަތިން ޣައިރު ޙާޟިރުގައި މައްސަލަ ކުރިއަށްގެންދެވޭނެކަމުގައިވެސް އަންގައި އިޢުލާނު ކުރަމެވެ.

03 ޝައުބާން 1446

02 ފެބްރުއަރީ 2025މ

02 ފެބުރުވަރީ 2025