ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)423/423/2025/5
ޕަބްލިޝްކުރި ތާރީޚް: 02 ފެބުރުވަރީ 2025
ޕަބްލިޝްކުރި ގަޑި: 14:21
ސުންގަޑި: 09 ފެބުރުވަރީ 2025 14:00
ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. ފަރެސްމާތޮޑާ މިސްކިތްތަކަށް ވޭޖް އުސޫލުން ޕޫލަށް އިމާމުންނާއި މުދިމުން ބޭނުންވެއްޖެ.

މިރަށުގައި ހުރި މިސްކިތްތަކުގެ އިމާމުންނާއި މުދިމުން ސަލާމް ބުނުން އަދި އަހަރީ ޗުއްޓީއާއި ޢާއިލީ ޒިންމާގެ ޗުއްޓީ ނެގުމުން، ވޭޖް އުޞޫލުން މިސްކިތްތަކުގައި މަސައްކަތް ކުރުމަށް އެކުލަވާލެވޭ ޕޫލަށް މީހުން ނެގުމަށް ބޭނުންވެއްޖެއެވެ.

މަސައްކަތްކުރާ ތަން:       ގދ. ފަރެސްމާތޮޑާ  މިސްކިތްތައް

މުއްދަތު:                1 އަހަރު

ކޮންޓްރެކްޓް ކުރެވޭ މުސާރަ:   މުދިމުން: މަސައްކަތްކުރާ ކޮންމެ ނަމާދު ވަގުތަކަށް  -/53 ރުފިޔާ

                     އިމާމުން: މަސައްކަތްކުރާ ކޮންމެ ނަމާދު ވަގުތަކަށް  -/61 ރުފިޔާ

މަސައްކަތު ކުރަންޖެހޭ ގަޑި:   ދުވާލަކު 5 ގަޑިއިރު ކޮންމެ ނަމާދަކަށް 1 ގަޑިއިރު

 

ޝަރުތު:      

އިމާމް: މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، މުދިމްކަމުގެ ސަނަދު ލިބިފައިވުން. ނުވަތަ، ހުކުރު ކުރުމުގެ ސަނަދު ލިބިފައިވުން. ނުވަތަ، ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުން. މަސައްކަތް ކުރާ ކޮންމެ ގަޑިއަކަށް 61.00 ގެ ރޭޓުން ( މަހަކު 155 ގަޑިއިރަށް ވުރެ އިތުރު ނުވާގޮތަށް)

މުދިމް: ތަޖުވީދު މަގުން ކީރިތި ޤުރްއާން ކިޔަވަން ދަންނަ މީހެއްކަމުގައިވުން. ( މަތީގައިވާ މަޤާމް ޝަރުތުތައް ފުރިހަމަ ނުވާ ފަރާތަކުންވެސް، މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލެވިފައިވެއެވެ. ނަމަވެސް މި މަޤާމަށް މީހުން ހޮވާނީ، މަތީގައިވާ މަޤާމަށް ޝަރުތު ހަމަވާ ފަރާތްތަކުން ކުރިމަތިލައިފައި ނުވާނަމައެވެ.) މަސައްކަތް ކުރާ ކޮންމެ ގަޑި އަކަށް 53.00 ރުފިޔާގެ ރޭޓުން މަހަކު 155 ގަޑި އިރަށްވާ ފައިސާ.

މަޤާމުގެ މަސްއޫލިއްޔަތު:

1-      ކޮންމެ ނަމާދު ވަގުތެއްގެ ކުރިން މިސްކިތައްގޮސް، މިސްކިތުގެ ކަންތައްތައް ބަލައި، ރަނގަޅު ކުރަން ހުރި ކަމެއް ރަނގަޅުކުރުމާއެކު، ފަރުޟު ފަސް ނަމާދު ވަގުތުގައި ބަންގި ގޮވުމާއި، އިމާމުވެ ނަމާދު ކުރުން.

2-      މިސްކިތަށް ލިބެމުންދާ ގެއްލުންތަކާއި، މިސްކިތަށް ދަތިވާ ކޮންމެ ކަމެއް ކައުންސިލް އިދާރާއަށް އަންގައި، އެކަން ރަނގަޅު ކުރެވޭތޯ ބެލުން.

3-      ކައުންސިލްގެ އިދާރާއިން އެއިރަކު ހަމަޖައްސާފައިވާ މިސްކިތެއްގައި އިމާމުވެ ފަރުޟު ފަސް ނަމާދު ޖަމާޢަތުގައި އިމާމުވެކޮށް ވަގުތަށް ބަންގިގޮވުން.

4-      ކައުންސިލްގެ އިދާރާއިން އަންގައިފި ހިނދެއްގައި، ހަމަޖެހިފައިވާ އުޞޫލުތަކާއި އެއްގޮތްވާ ގޮތެއްގެމަތިން ކަށުނަމާދު ކުރުމާއި، މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންތައްތައް ކުރުމުގައި އެހީތެރިވުން.                                                                                                                            

5-      މިސްކިތްތަކުގެ ދީނީ ދަރުސް ދިނުންފަދަ ޕްރޮގްރާމްތައް ހިންގާނަމަ، އެފަދަ ޕްރޮގްރާމްތަކަށް ބޭނުންވާ އެހީތެރިކަން ދިނުމާއި، ނިމެންދެން މިސްކިތުގައި މަޑުކުރުން.

6-      މިސްކިތުގެ މަސައްކަތު މީހުން އެންމެހައި މަސައްކަތްތައް، އިދާރާއިން ރާވާ އުޞޫލެއްގެ މަތިން ކަނޑައެޅިފައިވާ މުއްދަތެއްގެ ތެރޭގައި ކުރުވުމާއި، އެކަންކަން ހިނގާ ނުހިނގާ ގޮތް ބެލުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން
  • މަސައްކަތު ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން
  • ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާގައެވެ. އިންޓަރވިއުއަށް އަންނަންވީ ތާރީޚާއި ގަޑި މަސައްކަތު 3 ދުވަސް ކުރިން ލިޔުމުން އެންގޭނެއެވެ.

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

1- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

3- އައިޑެންޓިޓީ ކާޑުގެ ކޮޕީ.

4- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (އެކްރެޑިޓްކޮށްފައިވާ)

5- ސްކޫލްގައި އުޅެފައިވާނަމަ ލީވިންގ ސެޓްފިކެޓްގެ ކޮޕީ.

6- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެގޭނެ ރަސްމީ ލިޔުމެއް.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، މިކައުންސިލް އިދާރާގެ ނަންބަރު: 6840032/6840004 އާ ގުޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ސިޓީއާއި ލިޔުންތައް އީ-މެއިލް މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އީ-މެއިލް: [email protected]

ތަކެތި ހުށަހެޅުމުގެ ސުންގަޑި: 09 ފެބްރުވަރީ 2024 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން.

މަޤާމަށް އެދި ސިޓީ ފޮނުވަންވީ ތަން: ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ

 

                 03 ޝަޢުބާން 1446

                 02 ފެބުރުއަރީ 2025

02 ފެބުރުވަރީ 2025