ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)335-AS/335/2025/31
ޕަބްލިޝްކުރި ތާރީޚް: 02 ފެބުރުވަރީ 2025
ޕަބްލިޝްކުރި ގަޑި: 14:18
ސުންގަޑި:
10 ފެބުރުވަރީ 2025 20:30
މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފެބްރުއަރީ މަހު ބާއްވާ ރައްޔިތުންގެ ބައްދަލުވުން
އިޢުލާން
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަކަށް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ނަންބަރު: 2010/7 ގެ 10 ވަނަ މާއްދާގެ ދަށުން މިއަހަރުގެ ފެބްރުއަރީމަހު ބާއްވާ ރައްޔިތުންގެ ބައްދަލުވުން 10 ފެބްރުއަރީ 2025 ވާ ހޯމަ ދުވަހުގެ ރޭ 20:30 ގައި ފޯދޭހިޔާގައި ބާއްވާގޮތަށްވަނީ ހަމަޖެހިފައެވެ.
މިބައްދަލުވުމުގެ އެޖެންޑާ :
- 2024 ވަނަ އަހަރު ކައުންސިލުން ހިންގި ޙަރަކާތްތަކުގެ ރިޕޯޓް ހުށަހެޅުން.
- 2024 ވަނައަހަރުގެ ޢާމްދަނީ އާއި ޚަރަދު ހިއްސާކުރުން އަދި މާލީބަޔާން ހުށަހެޅުން
- 2025 ވަނަ އަހަރަށް ފާސްކުރެވުނު ބަޖެޖް ހިއްސާކުރުން
ވީމާ، މިބައްދަލުވުމުގައި ބައިވެރިވުމަށް ހިންމަފުށީގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ދައުވަތުއަރުވަމެވެ.
02 ފެބުރުވަރީ 2025