ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 107 ވަނަ މާއްދާގައި ބަޔާންކުރާ ރައްޔިތުންނަށް މައުލޫމާތުދިނުމުގެ ބައްދަލުވުން 2025 ފެބްރުއަރީ 13 ބުރާސްފަތި ދުވަހުގެ 20:30 ގައި ކިހާދޫ ސުކޫލް ހޯލުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އަލްފާޟިލް މައުރޫފް ޒާކިރު ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ބައްދަލުވުމުގައި ބައިވެރިވާ ރައްޔިތުންގެ ތެރެއިން 1 ފަރާތަކަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރގެ ފަރާތުން ދެއްވާ އުމުރާ ދަތުރު ލިބިގެން ދާނެއެވެ.
ބައްދަލުވުމުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަންކަން.
1. 2024 ވަނަ އަހަރުގެ ކައުންސިލް ހިނގާދިޔަ ގޮތުގެ ރިޕޯޓް ހުށަހެޅުން.
2. ކައުންސިލުން 2025 ވަނަ އަހަރު ކުރިޔަށް ގެންދިޔުމަށް ރޭވިފައިވާ ހަރަކާތްތަކާއި ބެހޭ މައުލޫމާތު ޙިއްސާކުރުން.
3. ކައުންސިލްގެ ފަރާތުން ވާހަކަ ދެއްކެވުން.
4. ކެންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރ އަލްފާޟިލް މަޢުރޫފް ޒާކިރް ވާހަކަފުޅު ދެއްކެވުން.
5. ރައްޔިތުންގެ ސުވާލުތަކަށް ފުރުސަތު ހުޅުވާލުން.
6. ކެންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރ އަލްފާޟިލް މަޢުރޫފް ޒާކިރްގެ ފަރާތުން ޖަލްސާގައި ބައިވެރިވާ ރައްޔިތުންގެ ތެރެއިން 1 ފަރާތަކަށް ދެއްވާ އުމްރާ ދަތުރުގެ ގުރުޢަތުލުން ނެގުން.
ވީމާ، އެންމެހާ ރައްޔިތުންނަށް މިބައްދަލުވުމުގައި ބައިވެރިވުމަށް ދައުވަތު އަރުވަމެވެ. އަދި 2024 ވަނަ އަހަރު ކައުންސިލް ހިނގާދިޔަގޮތުގެ ރިޕޯޓް އާންމުކޮށް ފެންނާނެހެން ކައުންސިލްގެ ކޮމިއުނިޓީ ވައިބަރ ގްރޫޕުގައި އަދި ދިވެހި ސަރުކާރުގެ ގެޒެޓްގައި އާއްމު ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.
މިހެންވެމިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.