ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)10-DOFL/10/2025/5
ޕަބްލިޝްކުރި ތާރީޚް: 02 ފެބުރުވަރީ 2025
ޕަބްލިޝްކުރި ގަޑި: 11:11
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ގްރޭޓަރ މޭލެ ސަރަޙައްދުގައި މަސައްކަތްކުރާ ބިދޭސީންގެ ބައޯމެޓްރިކްސް އަޕްޑޭޓްކުރުމާ ގުޅޭ

އިޢުލާން

ގްރޭޓަރ މޭލެ ސަރަޙައްދުގައި މަސައްކަތްކުރާ ބިދޭސީންގެ ބައޯމެޓްރިކްސް އަޕްޑޭޓްކުރުމާ ގުޅޭ

ގްރޭޓަރ މޭލެ ސަރަޙައްދު (މާލެ، ހުޅުމާލެ ފޭސް 1 އަދި ފޭސް 2، ވިލިމާލެ ، ތިލަފުށި، ގުޅިފަޅު) ގައި ވަޒީފާ އަދާކުރާ އެންމެހާ ބިދޭސީންގެ ބައޯމެޓްރިކްސް (ފިންގަރޕްރިންޓް އަދި ފޮޓޯ) އަޕްޑޭޓްކުރުމުގެ މަސައްކަތް 2025 މާރިޗް 15 ވަނަ ދުވަހުގެ ކުރިން ވަޒީފާދޭ ފަރާތުން މި މިނިސްޓްރީގެ ޑިޕަރޓްމަންޓް އޮފް ފޮރިންގ ލޭބަރ އާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ދަންނަވަމެވެ.

އަދި މި މުއްދަތުގެ ތެރޭގައި ބައޯމެޓްރިކްސް އަޕްޑޭޓް ނުކުރާ ފަރާތްތައް އެކްސްޕެޓް ސިސްޓަމްއިން ސަސްޕެންޑްކޮށް ޚިދުމަތް މެދުކަނޑާލެވޭނެ ކަމުގައި ދަންނަވަމެވެ.

ގްރޭޓަރ މާލެ ސަރަޙައްދުގައި ބިދޭސީންގެ ބައޯމެޓްރިކްސް ނެގުމާއި ، އޮޕަރޭޝަން ކުރަނގީގެ ދަށުން ސަރުކާރުން ތަންފީޒުކުރުމަށް އެކަށައަޅާފައިވާ އެންމެހާ ކަންކަން ވިލަރެސްކޮށް ކޯޑިނޭޓް ކުރަމުންދާނީ އެންސީއައިޓީ ގައި މި އޮޕަރޭޝަންއަށް ޚާއްސަކޮށް ޤާއިމްކޮށްފައިވާ ޖޮއިންޓް އޮޕަރޭޝަން ސެންޓަރއިންނެވެ. މި ސެންޓަރުން ޚިދުމަތް ދެމުންދާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން ރޭގަނޑު 22:00 އަށެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 7690228 ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.

‏03 ޝަޢްބާން‏ 1446

02 ފެބުރުވަރީ 2025